މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރ
ދިވެހިރާއްޖެ
މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ ބޯޑަށް ލަފާދޭ ދާއިމީ ކޮމިޓީގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

ނަންބަރު:IUL)479/1//2019/16)

 

މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ ބޯޑަށް ލަފާދޭ ދާއިމީ ކޮމިޓީގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

 

  މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ "އާބިޓްރޭޝަން ރޫލްސް" މުރާޖާޢާކޮށް ބޯޑު މެމްބަރުންނަށް ލަފާދިނުމަށް 10 މެމްބަރުންގެ ކޮމިޓީއެއް އެކުލަވާލަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައި އާންމުކޮށް އިޢުލާންކުރަމެވެ.

 

ކެންޑިޑޭޓުންގެ ޝަރުޠު

  1. ޤާނޫނީ ދާއިރާއިން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން 10 އަހަރުގެ ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  2. އާބިޓްރޭޝަން ދާއިރާގައި އަމަލީ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން.

ހުށަހަޅަންޖެހޭ ތަކެތި

  1. މެމްބަރުކަމަށް ޝައުޤުވެރިކަން ފާޅުކޮށް ހުށަހަޅާ ސިޓީ (މަސައްކަތުގެ ދާއިރާގެ ތަޖުރިބާ ހިމެނޭގޮތަށް)
  2. މެމްބަރުކަމަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  1. މެމްބަރުކަމަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  2. މެމްބަރުކަމަށް އެދޭ ފަރާތުގެ މަތީ ތަޢުލީމީ ސެޓުފިކެޓުތަކާއި ކޮޕީ (ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓިފިކެޓުތަކާއި ޓްރާންސްކްރިޕްޓްނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައެޅި އެކްރެޑިޓްކޮށްފައިވާ ކޮޕީ)

ސުންގަޑި

2019 އޮކްޓޫބަރު 14 ވާ ހޯމަ ދުވަހުގެ މެންދުރު 13:30 ގެ ކުރިން

ލިޔެކިޔުންތައް ހުށަހަޅާނެ ގޮތް

އެޓަރނީ ޖެނެރަލްގެ އޮފީހުގެ ކައުންޓަރަށް ނުވަތަ އީ-މެއިލް މެދުވެރިކޮށްނަމަ، އީ-މެއިލް ކުރާނީ [email protected] އަށެވެ. އީމެއިލްކުރައްވާނަމަ، އެއް އީމެއިލްއެއްގައި ހުރިހާ ޑޮކިއުމަންޓްތައް ޕީޑީއެފް ފޯމެޓްގައި އެޓޭޗްކޮށް ފޮނުއްވަންވާނެއެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3010199 އަށެވެ. ނުވަތަ އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

                                03 ޞަފަރު  1441   

02 އޮކްޓޫބަރު 2019
ހޯދާ