ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ލ. އިސްދޫ ބްރާންޗުގެ އިދާރީ މަސައްކަތް ކުރުމަށްޓަކައި ޢިމާރާތެއް ކުއްޔަށް ހިފުމާއިގުޅޭ:

 

ނަންބަރު:FNK-I/IUL/2019/219

 

އިޢުލާން

 

ލ. އިސްދޫ ބްރާންޗުގެ އިދާރީ މަސައްކަތް ކުރުމަށްޓަކައި ޢިމާރާތެއް ކުއްޔަށް ހިފުމާއިގުޅޭ:

 

މިކުންފުނީގެ ލ. އިސްދޫ ބްރާންޗުގެ އިދާރީ މަސައްކަތް ކުރުމަށްޓަކައި ޢިމާރާތެއް ކުއްޔަށް ހިފުމަށް ކުރެވުނު އިއުލާނާއި ގުޅިގެން ހުށހަޅާފައިވާ އަގަކީ އެކަށީގެންވާ ވަރަށްވުރެ ބޮޑު އަގެއްކަމަށް ވާތީ މި ފުރުސަތު އަލުން ހުޅުވާލަމެވެ.  

މިކަމާގުޅޭ މަޢުލޫމާތު ކަރުދާސް މި ކުންފުނީގެ ހެޑްއޮފީސް (ޕޯރޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) އިން ރަސްމީ ދުވަސްތަކުގެ ހެދުނު 09:00 ން މެންދުރުފަހު 14:30ހަށް  ލިބިވަޑައިގަންނަވާނެއެވެ. އަދި  މަޢުލޫމާތު ކަރުދާސް މި ޢިޢުލާންއާއި އެކު އެއްއުރަ ކުރެވިފައިވާނެއެވެ.

ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީހިސާބު ހުށަހަޅާނީ09 އޮކްޓޫބަރ 2019 ވާ ބުދަ ދުވަހުގެ  12:00 އަށް މި ކުންފުނީގެ ހެޑްއޮފީސް (ޕޯރޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) އަށެވެ. ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.

          02 ޞަފަރް 1441

          01 އޮކްޓޫބަރ  2019

 

            

01 އޮކްޓޫބަރު 2019
ހޯދާ