ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ.ބިލެތްދޫ ސިނާއީ ސަރަހައްދުން ފައިބަރު މަސައްކަތް ކުރުމައް ބިންދޫކުރުމާއި ގުޅޭ

ފ. ބިލެތްދޫ ސިނާއީ ސަރަޙައްދުން ފައިބަރު މަސައްކަތް ކުރުމަށް ބިންދޫކުރުމާއި ގުޅޭ:

ފ.ބިލެތްދޫ ސިނާއީ ސަރަހައްދުގައި ހިމެނޭ ފައިބަރު މަސައްކަތް ކުރާނެ ބިންތައް ކުއްޔައްދޫކުރުމައް މިކައުންސިލްއިން ނިންމާފައިވާތީ މިކަން ޢާއްމުކޮށް އަންގާއިޢުލާނުކުރަމެވެ. ކުއްޔައް ދުކުރުމަށް ހަމަޖެހިފައިވާ ބިންތަކަކީ: 1 ނަންބަރު ބިން:3066.60 އަކަފޫޓު، 2 ނަންބަރު ބިން :5049.87 އަކަފޫޓް، 3 ނަންބަރު ބިން:2500 އަކަފޫޓު، 4 ނަންބަރު ބިން 3000 އަކަފޫޓެވެ. ބިންތައް އެގޭނެ ކުރެހުމެއް މި އިޢުލާނާ އެއްކަރުދާސް ކުރެވިފައިވާނެވެ. ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެއްބީލަމެވެ. އެއްބީލަމަށްވުރެ ގިނަބީލަން ހުށަހަޅާ ފަރާތްތަކުގެ ބީލަންތައް ބާޠިލްކުރެވޭނެވެ.

ވީމާ ފައިބަރު މަސައްކަތްކުރުމަށް ބިންތަށް ކުއަޔަށް ނެންގެވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 14 އޮކްޓޯބަރ 2019 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށް ދުރުވެ ނަންނޯޓް ކުރެއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ނަންނޯޓް ކުރައްވާ ފަރާތްތަކުން [email protected] އަށް ފޮނުއްވައި ނަންނޯޓުކުރެއްވުން އެދެމެވެ. އަދި ފޯނުންނަމަ ރަސްމީގަޑީގައި 6740013 ނަންބަރަށް ގުޅުއްވާ ނަންނޯޓް ކުރެއްވުން އެދެމެވެ. ޕްރީ ބިޑް މީޓިން އޮންނާނީ 16 އޮކްޓޯބަރ 2019 ވާ ބުދަ ދުވަހުގެ 10:00 ގައި ބިލެތްދޫ ކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލުގައެވެ. ޕްރީ ބިޑް މީޓިންގައި ބައިވެރިވެވޭނީ މި އިދާރާގައި މިކަމަށް އެދި ނަންނޯޓުކުރެވިފައިވާ ފަރާތްތަކަށެވެ. ޕްރީ މީޓިންގައި ބައިވެރިވެވޭނީ ބީލަންފޮތް ވިއްކުމަށް ކަނޑައެޅިފައިވާ  -/500 ރުފިޔާގެ ފީއެއް ދެއްކުމުންނެވެ. ބީލަން ހުޅުވުން އޮންނާނީ 31 އޮކްޓޯބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ބިލެތްދޫ ކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލުގައެވެ.

ތިރީގައިމިވާ ހާލަތްތަކުގައި ބީލަން ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަން:

   - މަޢުލޫމާތު ސާފްކުރުމަށް ހާޟިރުނުވާ ބޭފުޅުންގެ ބީލަން ސިޓީ

   - ފެކްސް މެދުވެރިކޮށް ހުށަހަޅާ ބީލަން ސިޓީ

   - ގަޑިޖެހުމަށްފަހު ގެންނަ ބީލަން ސިޓީ

   - މަޢުލޫމާތު ފުރިހަމަނުވާ ބީލަން ސިޓީ

   - މަޢުލޫމާތު ފުރިހަމަކޮށް ސޮއިކޮށްފައިނުވާ ބީލަން ސިޓީ

   - މިއިދާރާއިން ބީލަން ހުށަހެޅުމަށް ދޫކުރާ ފޯމުގައި ނޫންގޮތަކަށް ހުށަހަޅާ ބީލަން ސިޓީ

26 ސެޕްޓެންބަރު 2019
ހޯދާ