ތ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ތ.ބުރުނީ ޞިއްޙީމަރުކަޒުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)

 

ބުރުނީ ޞިއްހީމަރުކަޒު

 ތ. ބުރުނި، ދިވެހިރާއްޖެ

ނަންބަރު: (IUL)N1-HC/2019/01

އިޢުލާން

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ވަގުތީ

މަޤާމުގެ ރޭންކް

ޖީ.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

ޑިވިޝަން / ސެކްޝަން

އެޑްމިން

ވަޒީފާ އަދާކުރަންޖެހޭ ތަން

ބުރުނީ ޞިއްހީމަރުކަޒު

މުސާރަ

-/4465 ރުފިޔާ

ސަރވިސް އެލަވަންސް

-/1500 ރުފިޔާ

ރިސްކް އެލެވަންސް:

-/25 ރުފިޔާ (މަސައްކަތަށް ހާޟިރުވާ ދުވަހަކަށް)

ސަޕޯޓިންގ ކޯ

-/700 ރުފިޔާ

އެހެނިހެން އެލަވަންސް

 1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
 2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

 

 1. އެޑްމިންގެ އެންމެހާ މަސައްކަތްތައް އިސްކޮށް ކުރަމުން ގެންދިއުމާއި، ދަށުން މަސައްކަތް ކުރަމުންގެންދާ މުޥައްޒަފުންނަށް ޚަވާލު ކުރެވިފައިވާ މަސައްކަތްތައް އިންތިޒާމްކޮށް ބެލެހެއްޓުން
 2. ދަށުން މަސައްކަތްކުރާ އެންމެހާ މުވައްޒަފުންގެ މަސައްކަތް ސްޕަވައިޒްކޮށް، އުފެއްދުންތެރި ގޮތުގައި މަސައްކަތް ދުވަހުން ދުވަހައްކޮށް ނިންމުމަށް ބާރުއަޅައި މަސައްކަތް ކުރުވުން
 3. މަރުކަޒުގައި ބޭނުންކުރެވޭ އެންމެހައި ލިޔެކިއުންތަށް އާއްމު ނުވާނޭގޮތެއްގެ މަތިން ރައްކާތެރިކަމާއެކު ބެލެހެއްޓުން
 4. ދިވެހި އެންމެހާ މުވައްޒަފުންގެ ޗުއްޓީ ރެކޯރޑްތަށް ބެލެހެއްޓުމާއި، މުވައްޒަފުންގެ ޕާސަނަލް ފައިލް ބަލަހައްޓައި އަޕްޑޭޓްކޮށް އަދި ލިޔުންތަށް ރައްކާތެރިކަންމަތީ ބެލެހެށްޓުން
 5. މުވައްޒަފުންނަށް އަންގާ އެންގުމާއި، ދެންނެވުން، އިލްތިމާސްތައް ދުވަހުން ދުވަހަށް އަންގަމުން ގެންދިއުން
 6. ވަޒީފާއާއިބެހޭ އެންމެހާ ކަންތައްތައް ކުރަމުން ގެންދިއުން. މީގެތެރޭގައި ވަޒީފާތަކަށް މީހުން ލެއްވުމާއި، ކުރިއެރުން ހޯދައި ދިނުމާއި، ފިޔަވަޅު އެޅުމާއި، ވަޒިފާއިން ވަކިކުރުމުގެ ގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތް ތަކެއް ކުރަމުން ގެންދިއުން
 7. ޞިއްޙީމަރުކަޒުގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔެބެލެހެއްޓުން
 8. އެންޓްރީ ކުރަންޖެހޭ ތަކެތި އެންޓްރީކުރުމާއި ޖަވާބު ދޭންޖެހޭ ލިޔެކިއުންތަކަށް ޖަވާބުދިނުން
 9. މުވައްޒަފުންގެ ރަޖިސްޓްރީ ދުވަހުން ދުވަހަށް އަޕްޑޭޓްކޮއް ބެލެހެއްޓުން،  އޮގަނައިޒޭޝަން ޗާރޓް ހަދާ އަޕްޑޭޓް ކުރަމުން ގެންދިއުން
 10. މުވައްޒަފުންގެ ހާޟިރީއާއި، އިތުރުގަޑީގެ ފޯރމްތަށް ދުވަހުން ދުވަހަށް ރަނގަޅަށް ޗެކްކޮށް ބެލެހެއްޓުން
 11.  އިދާރީ އެހެނިހެން މުވައްޒަފުން ނެތިއްޖެ ހިންދެއްގައި އެމަސައްކަތާއި ހަވާލުވެ ކުރަމުން ގެންދިއުން
 12.  މަރުކަޒުގެ ތަރައްޤީއާއި ލާބަޔާ މަންފާއަށް އިސްކޮށް މަސައްކަތް ކުރުމާއި ހިޔާލު ދިނުމާއި، މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން ދަމަހައްޓައި އޮފީސް މާހައުލަކީ ހިތްހަމަ ޖެހިގެން މަސައްކަތްކުރާ މާހައުލަކަށް ހެދުމައް މަސައްކަތް ކުރުން
 13. އަހަރީ ރިޕޯރޓް ތައްޔާރުކުރުން 

މަޤާމުގެ ޝަރުތުތައް

ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

 1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި އިދާރާ އޮފީސް ކައުންޓަރުން ލިބެންހުންނާނެއެވެ.)
 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
 5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

 1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
 2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
 3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ތަޖުރިބާ އަށް ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 7 އޮކްޓޫބަރ 2019ވާ އާދިއްތަ ދުވަހުގެ 13:00ގެ ކުރިން، ތ. ބުރުނީ ޞިއްހީމަރުކަޒުގެ އޮފީހަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، 13 އޮކްޓޫބަރ 2019އާއި 17 އޮކްޓޫބާރ 2019 އާއި ދެމެދުގެ ދުވަހެއްގަ ތ.ބުރުނީ ޞިއްޙީމަރުކަޒު ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތްތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނީ 6780554 ނަންބަރު ފޯނަށެވެ.

 

25 ސެޕްޓެމްބަރ 2019

 

                                                                 އަޙްމަދު ނާއިފު

                                                   ސީނިއަރ އެޑްމިނިސްޓްރޭޓަރ، ހެލްތު ސާރވިސަސް

26 ސެޕްޓެންބަރު 2019
ހޯދާ