ޑިޕާޓްމަންޓް އޮފް އިންކުލޫސިވް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެޑިޔުކޭޝަން ޑިވެލޮޕްމެންޓް އޮފިސަރ

 

މަޤާމް:          އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ

މަޤާމުގެ ނަންބަރ J-304333  އަދި J-304334

ބޭނުންވާ އަދަދު:      02

މަޤާމުގެ ގިންތި:        ދާއިމީ

މަޤާމުގެ ރޭންކް:        (އެމް.އެސް 3 – އީ.އެކްސް 6)

މަޤާމުގެ ކްލެސިފިކޭޝަން:   (އެޑިއުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 4 – އެޑިއުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 6)

ވަޒީފާ އަދާކުރަން ޖެހޭ ތަން:  ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަން 

މުސާރަ:             7035.00 –8835.00

ސަރވިސް އެލެވަންސް:    3500.00

އެހެނިހެން އެލަވަންސް:  

 1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

2. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ހިދުމަތް.

4. ޓެކްނިކަލް ކޯ އެލަވަންސްއަށް ޝަރުތު ހަމަވާނަމަ، މަޤާމުގެ މުސާރައިގެ %28 ހަމަޖެހޭނެއެވެ. (ޓެކްނިކަލް ކޯ އެލަވަންސްގެ ޑިސިޕްލިން ތަކަކީ އެޑިޔުކޭޝަން، ސްޕެޝަލައިޒްޑް ސަބްޖެކްޓް ނުވަތަ ޓީޗިންގ އެވެ.) ޓެކްނިކަލް ކޯ އެލަވަންސްއަށް ޝަރުތު ހަމަނުވާނަމަ، ތިރީގައިވާ ގޮތަށް ސަޕޯޓިންގ ކޯ އެލަވަންސް 2 ހަމަޖެހޭނެއެވެ؛

ރޭންކް

ސަޕޯޓިން ކޯ އެލަވަންސް 2

ރޭންކް

ސަޕޯޓިން ކޯ އެލަވަންސް 2

MS3

-/900 ރުފިޔާ

MS3

-/900 ރުފިޔާ

MS4

-/900 ރުފިޔާ

MS4

-/900 ރުފިޔާ

EX1

-/1100 ރުފިޔާ

EX1

-/1100 ރުފިޔާ

EX2

-/1100 ރުފިޔާ

EX2

-/1100 ރުފިޔާ

EX3

-/1300 ރުފިޔާ

 

 

EX4

-/1300 ރުފިޔާ

 

 

EX5

-/1500 ރުފިޔާ

 

 

EX6

-/1500 ރުފިޔާ

 

 

 

 

 

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

  1. މާލެއާއި އުތުރުގެ %50 ސްކޫލުތަކުން ހުށަހެޅޭ (އުނގެނުމުގައި ޚާއްޞަ އެހީއަށް ބެނުންވާ ކުދިން) ހުރިހާ ކޭސްތަކަކަށް ކުރިއަށްދާންވީ ގޮތުގެ މަޢުލޫމާތާއި ފަންނީ ލަފާދިނުން. މިގޮތުން އިންކްލޫސިވް އެޑިޔުކޭޝަން ޕޮލިސީ އާއި، މިފަދަ ދަރިވަރުންނަށް ފަންނީގޮތުން ކަންކުރަންވާ  ގޮތްތަކަށް ރިޢާޔަތްކޮށް ފަންނީ ލަފާދިނުން. މިގޮތުން ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތައް ކުރުން.
  2. އުނގެނުމުގެ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ އެކިގިންތިތައް (މިސާލު: އޯޓިޒަމް، ލާރނިންގ ޑިފިކަލްޓީސް، ކުދިން، އިންޓަރލެކްޗުއަލް އިންޕެއަރމަންޓް) މިކުދިންނަށް ކިޔަވައިދިނުމުގައި ސްކޫލްތަކުން މިހާތަނަށް ކުރެވިފައިހުރި ކަންތައްތަކުގެ އޯޑިޓެއްހެދުން.  އަދި ސްކޫލްތަކުގައި  އިންކްލޫސިވް އެޑިޔުކޭޝަން ޕްރޮގްރާމް އައި.އީ.ޕީގެ ތެރެއިން ރާވާފައިހުރި ގޮތާއި ކުރިޔަށްދަނީ ކޮންޕްރޮގްރާމެއްތޯ އާއި އަދި ކުރިޔަށްނުދަނީ ޕްރޮގްރާމެއްތޯ ބަލައި އެނަލިސިސްއެއް ހެދުން.
  3. ކުއްޖާގެ ހުރި ހާލަތަށްބަލައި ކުރިޔަށްދާންވާގޮތުގެ ކޭސް ބަލަހައްޓާނެގޮތުގެ ލަފާ ދިނުން. މިސާލު :

- ޓީޗަރުގެ ކިޔަވައިދިނުން ބަދަލުކުރަންޖެހޭނަމަ، ބަދަލުކުރަންވީ ކޮންގޮތަކަށްތޯ ލަފާދިނުން.

- އައި.އީ.ޕީ އިސްލާހު ކުރަންޖެހޭނަމަ އެކަމަކީ ކޮބައިތޯއާ އެކަން އިސްލާހުކުރާނެ ގޮތުގެ ލަފަޔާއި އިރުޝާދު ދިނުން.

- ސްކޫލުން ދަރިވަރުންނަށް ބޭސްލައިން އެސެސްމަންޓެއް ހަދާނަމަ (އެޑިޔުކޭޝަން ލެންސް)  ހަދަންޖެހޭ އެސެސްމަންޓްގެ މަޢުލޫމާތު ފޯރުކޮށްދިނުން އަދި މިކަން ކުރުވުން.

  1. ކޭސްތައް ބެލެހެއްޓުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސިޔާސަތުތަކާއި ޑިޕާރޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަނުން މިހާރު އަމަލުކުރަމުންދާގޮތްތަކާއި ލިޔެފަހުރި އުސޫލްތަކަށް ރިޢާޔަތްކުރުން.
  2. ހުށަހަޅާ ކޭސްތަކަށް ކުރިއެރުންލިބޭވަރު ބެލުމާއި ކުރެވެމުންދާގޮތް ބެލުން. އަދި ދަރިވަރުންގެ ކުރިއެރުން ވަޒަންކުރުން.
  3. ކޭސްމެނޭޖްމަންޓް ސިސްޓަމެއް ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަންގައި ގާއިމްކުރުން.
  4. އިންކްލޫސިވް އެޑިޔުކޭޝަން ޕޮލިސީގެ ދަށުން ސްކޫލުތަކުގައި ތިބި އުނގެނުމުގެ ޚާއްޞައެހީއަށް ބޭނުންވާ ދަރިވަރުންނަށް އެހީތެރިވެ ދިނުމަށް ރެފަރަލް ނިޒާމެއް ގާއިމުކުރުން.
  5. ކޭސްމެނޭޖުމަންޓަށް ބޭނުންވާ އުސޫލުތަކާއި މިންގަނޑުތައް ތައްޔާރުކޮށް، ކަމާގުޅޭ ފަރާތްތަކާ ހިއްސާކުރުން.
  6. އައި.އީ.ޕީ ހަދާ ކުއްޖެއްގެ ކޭސް ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަން ހުށަހެޅޭ ދުވަހުން ފެށިގެން އެކުއްޖެއްގެ އިންޓަވެންޝަންސް ހިނގަންދެން ކުރަންޖެހޭ އެންމެހާ ކަންކަން ރާވާ ތަންފީޒު ކުރުމާއި އެފަދަ ދަރިވަރުންގެ ޑޭޓާތައް ބެލެހެއްޓުން
  7. ރެފަރަލް ނިޒާމުގެ ތެރެއިން އިންކްލޫސިވް އެޑިޔުކޭޝަން ޑިޕާޓްމަންޓަށް ހުށަހެޅޭ ދަރިވަރުންނާއި އަދި ވަކި ކޭސްތަކުގެ ގޮތުގައި ހުށަހެޅޭ ކުދީންގެ ފުރިހަމަ މަޢުލޫމާތު ބެލެހެއްޓޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުން (އިންފޮމޭޝަން މެނޭޖިންގް ސިސްޓަމް(
  8. މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ 'މީމިސް' އަށް ބޭނުންވާ ސެކްޝަންގެ މަޢުލޫމާތުތައް ޤަވާއިދުން ފޯރުކޮށްދިނުމާއެކު ސްކޫލުތައް މެދުވެރިކޮށް 'މީމިސް' އަޕްޑޭޓް ކުރުން.

 

މަޤާމުގެ ޝަރުތުތައް:

 

 

 

މަޤާމު  

މަޤާމްގެ ރޭންކް

ކްލެސިފިކޭޝަން

ޝަރުތު

މަޤާމުގެ އަސާސީ މުސާރަ

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ

MS3

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 4

- ކިޔަވައިދިނުމުގެ ރޮގުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުން އަދި ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

- ކިޔަވައިދޭ މާއްދާއަށް ޚާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައި އޮތުމާއި އެކު ކިޔަވައިދިނުމުގެ ރޮގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތި ސަނަދެއް ހާސިލްކޮށްފައިވުން އަދި ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން.

 

-/7035ރުފިޔާ

MS4

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 5

- ކިޔަވައިދޭ މާއްދާއަށް ޚާއްސަކުރެވިފައިވާ ދާއިރާއަކުން ނުވަތަ ކިޔަވައިދިނުމުގެ ރޮގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައި އޮތުމާއި އެކު ތައުލީމީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން އަދި ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

- ކިޔަވައިދޭ މާއްދާއަށް ޚާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައި އޮތުމާއި އެކު (ލެވެލް 7 ގެ ސަނަދެއް ނެތި)  ކިޔަވައިދިނުމުގެ ރޮގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން އަދި ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން

 

 

 

 

 -/7875ރުފިޔާ

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ ކޯޑިނޭޓަރ

 

EX1

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 6

- ކިޔަވައިދިނުމުގެ ރޮގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލްކޮށްފައި އޮތުމާއިއެކު ތައުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުން އަދި ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

- ކިޔަވައިދޭ މާއްދާއަށް ޚާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް އަދި ކިޔަވައިދިނުމުގެ ރޮގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ތައުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ހާސލްކޮށްފައިވުން  އަދި ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން.

 

 

 

 

 -/8835ރުފިޔާ

EX2

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 7

- ކިޔަވައިދޭ މާއްދާއަށް ޚާއްސަކުރެވިފައިވާ ދާއިރާއަކުން ނުވަތަ ތައުލީމީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 10 ގެ ސަނަދެއް ހާސިލްކޮށްފައި އޮތުމާއި އެކު ކިޔަވައިދިނުމުގެ ރޮގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތި ސަނަދެއް ހާސިލްކޮށްފައިވުން އަދި ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން.

 

-/9890ރުފިޔާ

EX3

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 8

-          އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 7 ގެ މަގާމު ޝަރުތު ފުރިހަމަވެ، އެ

މަޤާމުގައި މަދުވެގެން 3 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން.

އަދި،

-          ޚިދުމަތުގެ ފެންވަރު ބެލުމުގެ ނިޒާމުން، ފާއިތުވީ 3 އަހަރު، ވިދި ވިދިގެން ކޮންމެ އަހަރަކު، ދަށްވެގެން 85 އިންސައްތަ މާކްސް ހޯދާފައިވުން.

 

-/11065ރުފިޔާ

EX4

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 9

-          އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 8 ގެ މަގާމު ޝަރުތު ފުރިހަމަވެ، އެ

މަޤާމުގައި މަދުވެގެން 3 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން.

އަދި،

- ޚިދުމަތުގެ ފެންވަރު ބެލުމުގެ ނިޒާމުން، ފާއިތުވީ 3 އަހަރު، ވިދި ވިދިގެން ކޮންމެ އަހަރަކު، ދަށްވެގެން 85 އިންސައްތަ މާކްސް ހޯދާފައިވުން.

 

-/12400ރުފިޔާ

EX5

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 10

-          އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 9 ގެ މަގާމު ޝަރުތު ފުރިހަމަވެ، އެ

މަޤާމުގައި މަދުވެގެން 3 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން.

އަދި،

-          ޚިދުމަތުގެ ފެންވަރު ބެލުމުގެ ނިޒާމުން، ފާއިތުވީ 3 އަހަރު، ވިދި ވިދިގެން ކޮންމެ އަހަރަކު، ދަށްވެގެން 85 އިންސައްތަ މާކްސް ހޯދާފައިވުން.

 

-/13890ރުފިޔާ

EX6

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 11

-          އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 10 ގެ މަގާމު ޝަރުތު ފުރިހަމަވެ، އެ

މަޤާމުގައި މަދުވެގެން 3 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން.

އަދި،

-          ޚިދުމަތުގެ ފެންވަރު ބެލުމުގެ ނިޒާމުން، ފާއިތުވީ 3 އަހަރު، ވިދި ވިދިގެން ކޮންމެ އަހަރަކު، ދަށްވެގެން 85 އިންސައްތަ މާކްސް ހޯދާފައިވުން.

 

-/15560ރުފިޔާ

 

ގުޅޭ ވަޒީފާގެ ދާއިރާތައް:

  1. ޓީޗިންގް ސާވިސަސް

 

ތައުލީމީ ރޮނގުތައް:

1.އެޑިޔުކޭޝަން

2.  ސްޕެޝަލައިޒްޑް ސަބްޖެކްޓް

3. ޓީޗިން

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.(
  2. މި ވަޒީފާއަށް ކުރިން ކުރެވުނު އިޢުލާނަށް ޝައުގުވެރިކަން ފާޅުކޮށް ފޯމު ހުށަހެޅި ފަރާތްތަކުން ހަމަ އެކަނި ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް ހުށަހަޅާލުމުން ބަލައިގަނެވޭނެ ވާހަކަ ދަންނަވަމެވެ.
  3. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް(
  4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  5. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  6. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ހ. ޙާޞިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 07 އޮކްޓޫބަރ 2019 ވާ ހޯމަ ދުވަހު 12:30 ގެ ކުރިން، ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަން އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. ލިޔުންތައް އީމެއިލް ކުރައްވާނީ [email protected] އަށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު:

ހ. މި މަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އަދި އިންޓަވިޔުއޮންނާނެ ތަން އިޢުލާނަށް މުއްދަތު ހަމަވާތާ ރަސްމީ 7 ދުވަސްތެރޭގައި އެންގޭނެއެވެ. މި މަގާމަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިންޓަވިޔުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ށ. އިންޓަވިއުގައި ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވަން ޖެހޭނެއެވެ.

 

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށް ވުރެ ގިނަނަމަ ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މި ޢިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކާއި އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި މިނިސްޓްރީގެ ނަންބަރު 3023510 ފޯނަށް ގުޅުއްވުން އެދެމެވެ.

 

 ނޯޓް: ޢިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތައް ކަޑައެޅުމުގައި އުނގެނުމުގައި ޚާއްޞަ އެހީއަށް ބެނުންވާ ކުދިންނަށް ކިޔަވައި ދިނުމުގެ ރޮގުން ތަޢުލީމާއި ތަމްރީން ލިބިފައިވާ ބޭފުޅުންނަށް އިސްކަންދެވޭނެއެވެ.

 

          

 

26 ސެޕްޓެންބަރު 2019
ހޯދާ