ދިވެހިރާއްޖެ
ސަރުކާރުގެ ''ގެދޮރުވެރިކުރުން'' ޕްރޮގްރާމްގެ ދަށުން، ފުވައްމުލަކުގައި ޢިމާރާތްކޮށްފައިވާ 200 ފްލެޓްގެ ތެރެއިން، ކެޓަގަރީ A ގެ ދަށުން ފުވައްމުލަކު ސިޓީގެ ރައްޔިތުންނަށް ޚާއްޞަކުރެވުނު ފްލެޓަށް ޝަރުޠު ހަމަވި ފަރާތްތަކާއި، ކެޓަގަރީ B ގެ ދަށުން ފުވައްމުލަކަށް ހިޖުރަކުރަން ބޭނުންވާ ފަރާތްތަކަށް ޚާއްޞަ ކުރެވުނު ފްލެޓަށް ޝަރުޠު ހަމަވެފައިވާ ފަރާތްތަކުގެ މެދުގައި ޤުރުޢަތު ނެގުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ މިޤުރުޢަތުގައި ބައިވެރިވުމަށްޓަކައި މާދަމާ (27 ސެޕްޓެމްބަރ 2019 ވާ ހުކުރު ދުވަހުގެ) ހަވީރު 4:00 އަށް ފުވައްމުލަކު ސިޓީކައުންސިލް އިދާރާގެ ކުރުނދުމާ މާލަމަށް ވަޑައިގެން ދެއްވުން އެދެމެވެ. އެއްވެސް ސަބަބަކާހުރެ ޤުރުޢަތުގައި އަމިއްލައަށް ބައިވެރިވެ ވަޑައިނުގެންނެވޭނަމަ، ޤުރުޢަތުގައި ބައިވެރިކުރައްވާނެ ބޭފުޅެއްގެ މަޢުލޫމާތު އެގޭނެ ސިޓީއަކާއި ބަދަލުގައި ފޮނުއްވާ ބޭފުޅެއްގެ އައިޑީކާޑާއިއެކު ފޮނުއްވާ ދެއްވުން އެދެމެވެ.
އަދި ފްލެޓާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފު ކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަންބަރު 6860041 ފޯނަށް ގުޅުއްވުން އެދެމެވެ.