ބުރުނީ ސްކޫލް
ދިވެހިރާއްޖެ
ޕްރިންޓަރ (ދާއިމީ)

މަޤާމް: ޕްރިންޓަރ

މަޤާމުގެ ނަންބަރު: J-294024

ބޭނުންވާ އަދަދު: 1

މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ ރޭންކް: އެސް.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 3

ވަޒީފާ އަދާކުރަން ޖެހޭ ތަން: ތ.ބުރުނި ސްކޫލް

މުސާރަ: 3،875.00 ރުފިޔާ

ސަރވިސް އެލަވަންސް: 1،000.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  4. ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި މަހަކު 1،200.00 ރުފިޔާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ވާރކްޝީޓާއި ޓެސްޓް ޕޭޕަރތައް ލީޑިންގ ޓީޗަރުން ހަމަޖައްސަވާ އުޞޫލުގެ މަތިން އަދި އެތަކެތީގެ ބޭނުންހިފުމަށް ޓީޗަރުންނަށް ދަތިނުވާނޭގޮތުގެމަތީން ޕްރިންޓްކުރުން.
  2. އިދާރީ ހިންގުމުގައި ދުވަހުން ދުވަހަށް ފޮޓޯކޮޕީއާއި ޕްރިންޓް ނެގުމަށް ހަވާލުކުރެވޭ ތަކެތި ޕްރިންޓްކުރުން.
  3. ޕްރިންޓްކުރަންޖެހޭ އެންމެހާ ތަކެތި ޕްރިންޓްކުރުމާއި ސްޓެޕްލް ކުރުމާއި، ބަންޑަލް ކުރުމާއި، ލެމިނޭޓް ކުރުމާއި އަދި ބައިންޑްކުރުމަށްދެވޭ ތަކެތި ބައިންޑްކޮށް ލީކް ނުވާނެގޮތަކަށް އެތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  4. ޕްރިންޓްކުރުމުގެ މަސައްކަތާއި ގުޅިގެން ހޯދަންޖެހޭ ތަކެތި ހުސްވުމުގެ ކުރިން އެކަށީގެންވާ މުއްދަތު (ލަސްވެގެން ރަސްމީ ބަންދުނޫން 7 ދުވަސް ކުރިއަށް) އޮށްވައި އެތަކެތި ހޯދުމަށް އިދާރާއަށް ރިކުއެސްޓްކުރުން އަދި ޕްރޮސެސް ހިނގާވަރު ބަލައި ކަށަވަރުކުރުން.
  5. ޕްރިންޓްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރެވޭ ގޮތް ބެލުމަށް އެކަމަށް ޚާއްޞަ ލޮގްތަކެއް ހަދައި އެތަކެތި ބޭނުންކުރުން އަދި މިކަމާއި ގުޅިގެން ސްކޫލްގެ އިސްވެރިން ބޭނުންވާ އެންމެހާ މަޢުލޫމާތު ޤަވާއިދުން ދިނުން.
  6. ޕްރިންޓް ކުރުމުގައި ބޭނުންކުރާ މެޝިންތަކާއި އެހެނިހެން އިކްއިޕްމަންޓްސްތައް، ފަރުވާތެރިކަމާއެކު ބެލެހެއްޓުމާއި އެތަކެތި މަރާމާތުކޮށް ސްކޫލްގެ ޕްރިންޓިންގ ޕްރޮސެސްއަށް ދަތިނުވާނެގޮތަކަށް ކަންކަން ރާވާ ބެލެހެއްޓުން.

މަޤާމުގެ ޝަރުޠުތައް:

  1. މަގާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް ހާސިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  2. ގްރޭޑް 7 ނިންމާފައިވުން.

ނޯޓް:

ގްރޭޑް 7 ނިންމާފައިވާކަން ކަށަވަރުކުރާނީ، ލީވިންގ ސެޓްފިކެޓް ނުވަތަ ގްރޭޑް 7 ނިންމިކަން އަންގައިދިނުމުގެ ގޮތުން ސްކޫލުން ދޫކޮށްފައިވާ ލިޔުމަކަށް ރިޢާޔަތްކޮށެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާއިން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • މަޤާމްގެ މަސައްކަތާ ގުޅޭ ދާއިރާއިން ޙާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން
  • މަސައްކަތުގެ ތަޖުރިބާ
  • މަޤާމްގެ މަސައްކަތަށް ބޭނުންވާ ހުނަރާއި ފެންވަރާއި، ގާބިލްކަމާއި އެހެނިހެން ސިފަތައް 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 26 ސެޕްޓެމްބަރ 2019 ވާ ދުވަހުގެ 13:00 ގެ ކުރިން، ބުރުނީ ސްކޫލް އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ އެ ބައިވެސް ހިމެނުން)  އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 30 ސެޕްޓެމްބަރ 2019 އާއި 06 އޮކްޓޯބަރ 2019 އާ ދެމެދު، ބުރުނީ ސްކޫލްގައެވެ. 

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6780551 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. 

 

 

17 ސެޕްޓެންބަރު 2019
ހޯދާ