ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނައިފަރު ކޮމިޔުނިޓި ސެންޓަރ (ވައިޓް ބިލްޑިންގ) އުތުރުން އޮންނަ ބިމުގައި ހެދިފައިވާ އިމާރާތް (އެޗްމީލް) ކުއްޔަށް ދޫކުރުން

ނައިފަރު ކޮމިޔުނިޓި ސެންޓަރ (ވައިޓް ބިލްޑިންގ) އުތުރުން އޮންނަ ބިމުގައި ހެދިފައިވާ އިމާރާތް ކުއްޔަށް ދޫކުރުމަށް ހުޅުވާލަމެވެ. މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ބޭފުޅުން ނައިފައިރު ކައުންސިލްގެ އިދާރާއަށް ދުރުވެ ބިޑް ޑޮކިއުމެންޓްސް ބައްލަވައިގަތުން އެދެމެވެ.

މަޢުލޫމާތު ފޯމް ވިއްކުން

12 ސެޕްޓެމްބަރ 2019 އިން ފެށިގެން 19 ސެޕްޓެމްބަރ 2019 ގެ ނިޔަލަށް ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 12:00 އަށް ނައިފަރު ކައުންސިލްގެ އިދާރާއިން ބިޑް ފޯމް ގަންނަން ލިބޭނެއެވެ. ބިޑް ފޯމެއް ވިއްކާ އަގަކީ 50.00 ރުފިޔާއެވެ.

 

މައުލޫމާތު ދިނުމަށް ބާއްވާ ޕްރީ ބިޑް މީޓިންގް

މި އިމާރާތް ކުއްޔަށް ދޫކުރުމާއި ގުޅޭގޮތުން ބޭއްވޭ ޕްރީބިޑް މީޓިންގ އޮންނާނީ 19 ސެޕްޓެމްބަރ 2019 ވަނަ ދުވަހުގެ 13:00ގައި ނައިފަރު ކައުންސިލް އިދާރާގައެވެ. ޕްރީ ބިޑް މީޓިންގްގައި ބައިވެރި ނުވާ ފަރާތްތަކަށްވެސް ބިޑް އޯޕެން މީޓިންގގައި ބައިވެރިވެވޭނެއެވެ.

 

ބިޑް އޯޕަން މީޓިންގް

ބިޑް ހުށަހެޅުން އޮންނާނީ، 26 ސެޕްޓެމްބަރ 2019 ވަނަ ދުވަހުގެ 13:00 ގައި ނައިފަރު ކައުންސިލްގެ އިދާރާގައެވެ. ބިޑް ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ.

 

އިތުރު މަޢުލޫމާތު

ބިޑްގަތުމަށް ޙާޟިރުވުމަށް ޢުޒުރުވެރިވާ ފަރާތްތަކުން ބަދަލުގައި މީހަކު ފޮނުވައިގެން ބިޑް ގަނެވޭނެއެވެ. ބިޑް ހުށަހެޅޭނީ ބިޑްގަނެފައިވާ މީހާގެ/ފަރާތުގެ ނަމުގައެވެ.

 

11 ސެޕްޓެންބަރު 2019
ހޯދާ