މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
ޑިރެކްޓަރ

 (IUL)10-C/10/2019/110:ނަންބަރު

 

އިޢުލާނު

 

މަޤާމް:

ޑިރެކްޓަރ

މަޤާމުގެ ނަންބަރު:

J-309961

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އީ.އެކްސް 1 

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް ޑިރެކްޓަރ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ހޯމްއެފެއާޒް / ރިހެބިލިޓޭޝަން ސެކްޝަން/ ކ. މާލެ

މުސާރަ:

މަހަކު 8,835.00ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު 2,000.00ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ޓެކްނިކަލް ކޯ އެލަވަންސް: މި މަޤާމުގެ ކޯ ޑިސިޕްލިން ކަމުގައިވާ ސައިކޮލޮޖީ/ސޯޝަލް ވޯރކް/ސޯޝިއޮލޮޖީ ދާއިރާއިން މޯލްޑިވްސް ނެޝަނަލް ފްރޭމްވަރކްގެ ލެވެލް 7 (ހަތެއް) އިން ފެށިގެން މަތީ ސަނަދެއް އޮތް ނަމަ، ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %28 (އަށާވީސް އިންސައްތަ) ހަމަޖެހޭނެއެވެ.
  2. ސަޕޯޓިންގ ކޯ އެލަވަންސް 2: މަޤާމުގެ ޓެކްނިކަލް ކޯ އަށް ޝަރުޠު ހަމަނުވާނަމަ ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި މަހަކު 1,100.00ރުފިޔާ ހަމަޖެހޭނެއެވެ.
  3. އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ރިހެބިލިޓޭޝަން އެންޑް ރީއިންޓަރގްރޭޝަން ސެކްޝަންގެ އެންމެހާ މަސައްކަތްތައް އޯވަސީ ކުރުން އަދި ސެކްޝަންގެ މުވައްޒަފުންނަށް މަސައްކަތްކުރުމުގައި އަރުވަންޖެހޭ ފަންނީ ލަފަޔާ މަޝްވަރާއެރުވުމާއި ސެކްޝަން ހިންގުން
  2. ގައިދީން ބެލެހެއްޓުމާގުޅޭ ހަރުދަނާ ސިޔާސަތުތައް ކަނޑަ އެޅުމާއި، ފެންވަރުބަލާ މިންގަޑުތަކާއި އުސޫލުތަކާއި މިންވަރުތައް ކަމާބެހޭ ފަރާތްތަކާޢި މަޝްވަރާކޮށް އެކަށައަޅައި އާންމުކުރުން
  3. މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ދަށުން މަސައްކަތްކުރާ މުއައްސަސާތަކުން ފޯރުކޮށްދޭ ތައުހީލް ޕްރޮގްރާމްތަކާއި އަނބުރާ މުޖުތަމައުއަށް ގެންނަން ހިންގާ ޕްރޮގްރާމްތަކުގެ ފެންވަރު ކަށަވަރުކުރުމާއި ގުޅުންހުރި މަސައްކަތްތައް ހިނގަނީ ކަނޑައެޅިފައިވާ އުސޫލުތަކާއި މިންގަނޑުތަކާޢި އެއްގޮތަށްތޯ ބަލައި ކަށަވަރުކުރުން.
  4. މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ދަށުން މަސައްކަތްކުރާ މުއައްސަސާތަކުން ފޯރުކޮށްދޭ ތައުހީލް ޕްރޮގްރާމްތަކާއި އަނބުރާ މުޖުތަމައުއަށް ގެންނަން ހިންގާ ޕްރޮގްރާމްތައް ރިވިއުކުރުން.
  5. މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ދަށުން މަސައްކަތްކުރާ މުއައްސަސާތަކުން ފޯރުކޮށްދޭ ތައުހީލް ޕްރޮގްރާމްތަކާއި އަނބުރާ މުޖުތަމައުއަށް ގެންނަން ހިންގާ ޕްރޮގްރާމްތަކުގެ ފެންވަރު ރަގަޅުކުރުމަށް އަދި ސިޔާސަތުތައް އެކުލަވާލަން ދިރާސާތައްކޮށް އެ ދިރާސާތަކުގެ ހޯދުންތައް ޝާއިޢުކޮށް އާންމުކުރުން.
  6. ކުއްވެރިން އިސްލާހުކޮށް އަނބުރާ މުޖުތަމަޔައްނެރުމަށް ދުނިޔޭގެ އެހެންގައުމުތަކުގާ ކަންކަން ކުރާގޮތް ދެނެގަނެ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ކުރިއަށްގެންދާ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް މޮނީޓަރކޮށް މިނިސްޓަރަށް އަރުވަންޖެހޭ ރިކޮމެންޑޭޝަންސްތައް މިނިސްޓަރ އަށް އެރުވުން، އަދި ރަނގަޅުކުރަންޖެހޭ ކަންކަން ފާހަގަކޮށް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއަށް ލަފަޔާއި މަޝްވަރާ ފޯރުކޮށްދިނުން
  7. ޕެރޯލްގެ ދަށުން ދޫކުރެވޭ ކުއްވެރިންގެ ރީއިންޓަރގްރޭޝަން ޕްރޮގްރާމްތައް ބަލާ،މިނިސްޓަރއަށް ލަފާދިނުން
  8. ޕެރޯލް ބޯޑް / ކްލެމެންސީ ބޯޑު ހަރުދަނާކުރުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުވުން
  9. ޖޭޖޭޔޫ އިން ކުރިއަށް ގެންދާ ޕްރޮގްރާމްތައް މޮނިޓަރކުރުވުން އަދި ޕްރޮގުރާމްތައް އިތުރަށް ހަރުދަނާކުރުމަށް ލަފަޔާއި އިރުޝާދު ޖޭ، ޖޭ. ޔޫއަށް ފޯރުކޮށްދިނުން
  10. ސެކްޝަންގެ އިސްވެރިޔާގެ ހައިސިއްޔަތުން މިނިސްޓްރީ ތަމްސީލްކުރަންޖެހޭ ބައްދަލުވުނުންތަކާއި ކޮމިޓީތަކުގައި ބައިވެރިވުން
  11. ސެކްޝަންގެ އެންމެހާ އިދާރީ މަސައްކަތްތަކާއި، ބަޖެޓާއި އަހަރީ ރޮޕޯރޓާއި އެކްޝަންޕްލޭން އަދި ޕްރޮގުރެސް ތައްޔާރު ކުރުމުގެ މަސައްކަތްތައް ކުރުވުން އަދި ސެކްޝަންގެ މުވައްޒަފުންގެ ޕާރފޯމަންސް އެޕްރެއިޒް ކުރުން
  12. މީގެ އިތުރުން މުޅި މިނިސްޓްރީއަށް ދިމާވާ ކުއްލި އިމަރޖެންސީތަކާއި އެންމެން ޝާމިލުވާންޖެހޭ ޚާއްޞަ ކަންކަމުގައި ބައިވެރިވެ އެހީތެރިވެދިނުން

މަޤާމުގެ ޝަރުޠުތައް:

  1. ސައިކޮލޮޖީ/ސޯޝަލް ވޯރކް/ސޯޝިއޮލޮޖީ ދާއިރާގެ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު،  ސޯޝަލް ސައިންސްގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. ސައިކޮލޮޖީ/ސޯޝަލް ވޯރކް/ސޯޝިއޮލޮޖީ ދާއިރާގެ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު،   ސޯޝަލް ސައިންސް ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

 6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

 7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

 8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 19 ސެޕްޓެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، މިނިސްޓްރީ އޮފް ހޯމްއެފެއާޒް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.    

ޕްރެޒެންޓޭޝަނާއި، އިމްތިހާން / ޕްރެކްޓިކަލް އަދި އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، ޕްރެކްޓިކަލް / އިމްތިހާން އާއި ޕްރެޒެންޓޭޝަން އޮންނާނީ،06 އޮކްޓޯބަރ 2019 އާއި 17 އޮކްޓޯބަރ 2019 އާ ދެމެދުގެ ތާރީޚެއްގައި، މިނިސްޓްރީ އޮފް ހޯމްއެފެއާޒުގައެވެ.

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3313325 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3324739 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

11 މުޙައްރަމް 1441

10 ސެޕްޓެންބަރު 2019
ހޯދާ