ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހިންނަތަކުގައި ހުރި ރުއްގަސް 2019، 2020 އަދި 2021 ވަނަ އަހަރަށް ވަރުވާއަށް ދޫކުރުން

އިޢުލާން

ހިންނަތަކުގައިހުރި ރުއްގަސް 2019 ، 2020 އަދި 2021 ވަނައަހަރަށް ވަރުވާއަށް ދޫކުރުން

މިއިދާރާގެ ނަންބަރު: (IUL)253/253/2019/41 އިޢުލާން އަދި (IUL)253/253/2019/45  އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރުމަށް ހާޟިރުވެފައިނުވާތީ، ވަރުވާއަށް ދޫކުރުމަށް އަލުން އިޢުލާން ކުރަމެވެ.

އެންމެމަތިން ކުލިހުށަހަޅާ ފަރާތަކަށް ތިރީގައި މިދަންނަވާ ތަންތަނުގައިހުރި ރުއްގަސްތައް 03 އަހަރަށް ވަރުވާއަށް ދޫކުރުމަށް ކައުންސިލުން ނިންމާފައިވާތީ އެރުއްގަސްތައް ވަރުވާއަށް ނަގާނެފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ސަރަޙައްދު

ސަރަޙައްދުގެ ތަފްޞީލް

1

މާރަންދޫ މެދުހިންނާގައި ހުރި ރައްޔިތުންގެ 29 ރުއް

2

މާރަންދޫ އުތުރު ހިންނާގައި ހުރި ރައްޔިތުންގެ 52 ރުއް

މާރަންދޫ އިހުކިޔެވެނިންގެ ހިންނަ (ރުއްގަނޑުގައި) ހުރި ރައްޔިތުންގެ 31 ރުއް

އަތިރިމަތީގައި ހުރި ރައްޔިތު 8 ރުއް

ފުޓްބޯޅަދަނޑު ހުޅަނގު ދެކުނު ކަންމަތީގައި ހުރި ރައްޔިތު 1 ރުއް

ފިލިގަސްމަގުގައި ހުރި ރައްޔިތު 1 ބަނބުކެޔޮގަސް

3

މާރަންދޫ ބަންޑާރަ ވަލުގައިހުރި ރައްޔިތުންގެ 6 ރުއް، ބަބުކެޔޮ އަދި ކަށިކެޔޮ

ވީމާ،  2019 ، 2020 އަދި 2021 ވަނައަހަރަށް  ދެންނެވިފައިވާ  ތަންތަން  ވަރުވާއަށް  ނެގުމަށް އެދޭފަރާތްތަކުން 2019 ސެޕްޓެމްބަރ 16 ވާ ހޯމަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2019 ސެޕްޓެމްބަރ 18 ވާ ބުދަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިއިދާރާއަށް ޙާޟިރު ވެދެއްވުން އެދެމެވެ.

މިކަމަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ހުންނަންޖެހޭނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. މިމަސައްކަތް ކޮށްދިނުމަށް އަންދާސީ ހިސާބުހުށަހަޅާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައެވެ. މުއްދަތު ހަމަވުމަށްފަހު ހުށަހަޅާ ފޯމާއި، މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށައަޅާ ފޯމް ޤަބޫލްނުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށައެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް ސިޓީއަކުން މިއިދާރާއަށް ހުށައަޅަން ޖެހޭނެއެވެ. މިކަމަށް އެދި ހުށައަޅާ އަންދާސީ ހިސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީ ހިސާބު ހުށައަޅާ ފަރާތްތަކުގެ ޙާޟިރުގައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6500029 ނަންބަރު ފޯނާއި  ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

5 މުޙައްރަމް 1441

4 ސެޕްޓެމްބަރ 2019

04 ސެޕްޓެންބަރު 2019
ހޯދާ