މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
06 ސެޕްޓެމްބަރު 2019 ގައި އެނައުލް އިންސްޕެކްޝަން އަށް މާލެ ސިނަމާލެ ބުރިޖު ބަންދުކުރުން

އިޢުލާން

މި އޮތޯރިޓީގެ ނަންބަރު (IUL)202-L/1/2019/82 (29 އޮގަސްޓު 2019) އިޢުލާނުގައި ބަޔާންކޮށްފައިވާ ތާރީޚްތަކުގެ ތެރެއިން 06 ސެޕްޓެމްބަރު 2019 ވާ ހުކުރު ދުވަހުގެ ހެނދުނު 08:00 އިން މެންދުރު 14:00 އަށް ބަންދުކުރުމަށް ހަމަޖެހިފައިވަނީ ބުރިޖުގެ ހުޅުލެއިން މާލެ އަށް ދާ 2 ލޭން ކަމުގައި ދަންނަވަމެވެ. އަދި ބުރިޖު ބަންދުކުރެވޭ ގަޑީގައި މާލެ އިން ހުޅުލެ އަށް ދާ ލޭން ވަގުތީގޮތުން ދެކޮޅަށް ދުއްވާގޮތަށް ބަދަލުކޮށް ހުރިހާ އުޅަނދެއް މި ލޭން އިން ދުއްވާގޮތަށް ހަމަޖެހިފައިވާ ވާހަކަ ދެންނެވީމެވެ.

ވީމާ، ބުރިޖު މަތިން ދަތުރުކުރުމަށް މި ގެނެވުނު ބަދަލުތަކާއި އެއްގޮތަށް އަމަލުކުރެއްވުމަށާއި އަދި އެ ސަރަޙައްދުގައި ހަރަކާތްތެރިވާ ޓްރެފިކް ފުލުހުންގެ އިރުޝާދާ އެއްގޮތަށް އަމަލުކުރެއްވުމަށް ދެންނެވީމެވެ.މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލެއްވުމަށް މިފުރުޞަތުގައި ޝުކުރު ދަންނަވަމެވެ.

28  ޛުލްޙިއްޖާ   1440

29  އޮގަސްޓް   2019

 

 

 

ދިވެހިސަރުކާރުގެ ގެޒެޓް

29 އޮގަސްޓް 2019
ހޯދާ