މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
"އެންވަޔަރަންމަންޓްލީ ސައުންޑް މެނޭޖްމަންޓް އޮފް މުނިސިޕަލް އެންޑް ހަޒާޑަސް ސޮލިޑް ވޭސްޓް ޓު ރެޑިއުސް އެމިޝަން އޮފް އަންއިންޓެންޝަނަލް ޕާސިސްޓަންޓް އޯގެނިކް ޕޮލިއުޓަންޓްސް އެންޑް ޕްލީ ކްލޮރިނޭޓެޑް ބައިފީނަލްސް (ޕީސީބީ) " މަޝްރޫއުގެ ދަށުން ވޭސްޓް މެނޭޖްމަންޓް މެސިނަރީސް ހޯދުމަށް (ދެވަނަ އިއުލާން)

ބީލަން ހުށަހެޅުމުގެ ދަޢުވަތު 

"އެންވަޔަރަންމަންޓްލީ ސައުންޑް މެނޭޖްމަންޓް އޮފް މުނިސިޕަލް އެންޑް ހަޒާޑަސް ސޮލިޑް ވޭސްޓް ޓު ރެޑިއުސް އެމިޝަން އޮފް އަންއިންޓެންޝަނަލް ޕާސިސްޓަންޓް އޯގެނިކް ޕޮލިއުޓަންޓްސް އެންޑް ޕްލީ ކްލޮރިނޭޓެޑް ބައިފީނަލްސް (ޕީސީބީ)  "މަޝްރޫއުގެ ދަށުން ވޭސްޓް މެނޭޖްމަންޓް މެސިނަރީސް ހޯދުމަށް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އިން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖެފް) ގެ ހިލޭ އެހީގެ ދަށުން، ޔުނައިޓެޑް ނޭޝަންސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް (ޔުނިޑޯ) އާއި ގުޅިގެން ހިންގާ "އެންވަޔަރަންމަންޓްލީ ސައުންޑް މެނޭޖްމަންޓް އޮފް މުނިސިޕަލް އެންޑް ހަޒާޑަސް ސޮލިޑް ވޭސްޓް ޓު ރެޑިއުސް އެމިޝަން އޮފް އަންއިންޓެންޝަނަލް ޕާސިސްޓަންޓް އޯގެނިކް ޕޮލިއުޓަންޓްސް (ޔޫޕޮޕްސް) އެންޑް ޕޮލީ ކްލޮރިނޭޓެޑް ބައިފީނަލްސް (ޕީސީބީ) '' މަޝްރޫއަކީ ނުރައްކާތެރި ކެމިކަލްސް އިން ތިމާވެއްޓާއި އިންސާނުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކޮށް،ރައްކާތެރި ގޮތުގައި ކެމިކަލްސް އަދި ޕާސިސްޓަންޓް އޯގެނިކް ޕްލިއުޓަންޓްސް (ޕޮޕްސް) މެނޭޖްކުރުމަށް ހިންގާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން އއ.ބޮޑުފޮޅުދޫ، އއ.މަތިވެރި އާއި އއ.މާޅޮހަށް ބޭނުންވާ ވޭސްޓް މެނޭޖްމަންޓް މެސިނަރީސް ގަތުމަށް ކުރެވުނު ފުރުތަމަ އިޢުލާން ނަންބަރު:(IUL)438-ENV/438/2019/185  އާއި ގުޅިގެން އެކަށިގެންވާ ސައުގުވެރިކަން ފާޅުކޮށްފައި ނުވާތީ އެޢުލާން ބާތިލްކޮށް ދެވަނަ ފަހަރަށް ބިޑް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. 

ބީލަން ހުށަހެޅުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައި ރެޖިސްޓަރ ކުރަންވާނެއެވެ. ރެޖިސްޓްރޭޝަން ކުރިއަށް ދާނީ ގެޒެޓް ކުރެވޭ ދުވަހުން ފެށިގެން 28އޮގަސްޓް 2019 އަށް، ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 ން މެންދުރުފަހު 13:30 އާއި ދެމެދު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ރިސެޕްޝަންގައެވެ. އަދި މިމުއްދަތު ތެރޭގައި އިޢުލާނު ނަންބަރާއި، ޕްރޮޖެކްޓް ނަން، ގުޅޭނެ ނަންބަރު ބަޔާންކޮށް މި އިޢުލާނުގައި ބަޔާންކޮށްފައިވާ އީ-މެއިލް މެދުވެރިކޮށް ރެޖިސްޓަރ ކުރެވިދާނެއެވެ. ބީލަން ހުށަހެޅުމަށް ރެޖިސްޓަރ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ޕްރީބިޑް ބައްދަލުވުން

މި މަޝްރޫޢުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 29 އޮގަސްޓް 2019 ވާ ބުރާސްފަތި ދުވަހު 10:00 ގައި، މިނިސްޓްރީ އޮފް އެންވަޔަރަމަންޓް ގައިއެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރައްވާނީ 28 އޮގަސްޓް 2019 ވާ (ބުދަ) ދުވަހުގެ 13:00ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ.

[email protected]; [email protected] 

ބިޑް ސެކިއުރިޓީ، ޕާފޯމަންސް ސެކިއުރިޓީ އަދި އެޑްވާންސް ޕޭމަންޓް

މަޝްރޫޢުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 15000.00ރ  ( ފަނަރަ ހާސް) ދިވެހި ރުފިޔާ ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޙުން ފެށިގެން 90 ދުވަހެވެ. މި މަޝްރޫޢުގެ ޕާފޯމަންސް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ %5 އެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ 15% އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ. 

ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 05 ސެޕްޓެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 13:00ގައި މިނިސްޓްރީ އޮފް އެންވަޔަރަމަންޓް ގައި  މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 120 ދުވަސް އޮންނަންވާނެއެވެ. 

އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިޔުމަންޓް ޔުނިޓް،

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

އީމެއިލް: [email protected]

ވެބްސައިޓް: www.environment.gov.mv

މަޝްރޫޢު ނަން :

ޖެފް ޔޫޕޮސްޕް އެންޑް ޕީސީބީ ޔުނީޑޯގެ މަޝްރޫއުގެ ދަށުން ވޭސްޓް މެނޭޖްމަންޓް މެސިނަރީސް ޕްރޮކިއުމަންޓް

އިޢުލާނު ނަންބަރު: IUL)438-ENV/438/2019/227)

 ނޯޓް:މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްއަށް ލިބިގެންވެއެވެ.

26 އޮގަސްޓް 2019
ހޯދާ