ހައްދުންމަތީ ކަލައިދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
ބޯހިޔާވަހިކަމުގެ ދަށުން ލ. ކަލައިދޫގައި އެޅުމަށް ހަމަޖެހިފައިވާ ހައުސިންގ ޔުނިޓް ޢިމާރާތްކުރުމާއި ގުޅޭ

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ތެރޭގައި ހިމެނޭ 20،000 ހައުސިންގ ޔުނިޓުގެ މަޝްރޫޢުގެ ދަށުން މިރަށުގައި އެޅުމަށް ހަމަޖެހިފައިވާ 60 ހައުސިންގ ޔުނިޓުގެ ތެރެއިން، މިރަށުން ދިރިއުޅުމަށްޓަކައި ދޫކުރެވިފައިވާ ގޯތިތަކުގައި ގެ ޢިމާރާތް ކުރުމަށް ބޭނުންވާ ފަރާތްތަކާއި، އެހެން ބިމެއްގައި ރޯހައުސް ނުވަތަ ފުލެޓް އަޅަން ބޭނުންވާ ޢަދަދު ހޯދުމަށް ބޭނުންވެއެވެ.

ވީމާ، ބޯހިޔާވަހިކަމުގެ ވަޢުދުގެ ދަށުން އަތޮޅުތަކުގައި ބިނާކުރަން ހަމަޖެހިފައިވާ ހައުސިންގ ޔުނިޓް ޢިމާރާތް ކުރުމާއިބެހޭ އުޞޫލާއި އެއްގޮތަށް، މިރަށުން ދިރިއުޅުމަށްޓަކައި ދޫކުރެވިފައިވާ ގޯތިތަކުގައި ގެ ޢިމާރާތް ކުރުމަށް އެދޭ ފަރާތްތަކާއި، އެހެން ބިމެއްގައި ރޯހައުސް ނުވަތަ ފުލެޓް އަޅަން ބޭނުންވާ ފަރާތްތަކުން އެކަމަށްޓަކައި މިއިދާރާއިން ދޫކުރާ 'ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވަޢުދުގައި ހިމެނޭ ހައުސިންގ ޔުނިޓް އަޅައިދިނުމުގެ މަޝްރޫޢުގެ ދަށުން ގެ އެޅުމަށް އެދޭ ފޯމް' ފުރިހަމަކޮށް 2019 ސެޕްޓެމްބަރ 20 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

މި އިޢުލާނާއިއެކު ޢާއްމުކުރެވިފައިވާ ބޯހިޔާވަހިކަމުގެ ވަޢުދުގެ ދަށުން އަތޮޅުތަކުގައި ބިނާކުރަން ހަމަޖެހިފައިވާ ހައުސިންގ ޔުނިޓް ޢިމާރާތް ކުރުމާއިބެހޭ އުޞޫލަށް އެއްވެސް ބަދަލެއް ގެނެވިއްޖެނަމަ އެބަދަލެއް ޢާއްމުކޮށް އިޢުލާން ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

25 އޮގަސްޓް 2019
ހޯދާ