ލ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ (ދާއިމީ)

ލ.އަތޮޅު މަދަރުސާ                                                                                        Laamu Atoll School

ލ.މާބައިދޫ، ދިވެހިރާއްޖެ                                                                           L.Maabaidhoo, Rep of Maldives

ފޯން: 7980786 / 7960786                                                                          Phone: 7980786 / 7960786                                         

ނަންބަރ: GS28/2019/46

ވަޒީފާގެ ފުރުޞަތު

 

  • v     މަޤާމް:                    އެޑްމިނިސްޓްރޭޓިވް އޮފިސަރ
  • v     މަޤާމް ނަމްބަރ:              J-127816
  • v     ބޭނުންވާ އަދަދު:             01 (އެކެއް)
  • v     ރޭންކް:                    ޖީ. އެސް 3
  • v     ކްލެސިފިކޭޝަން :            އޮފިސަރ ގްރޭޑް 1
  • v     ވަޒީފާއޮތް އޮފީސް:            ލ.އަތޮޅު މަދަރުސާ / ލ.މާބައިދޫ
  • v     ގިންތި:                    ދާއިމީ
  • v     ވަޒީފާއަދާކުރާ ސެކްޝަނާއި ތަން : އެޑްމިން ސެކްޝަން / ލ.އަތޮޅު މަދަރުސާ
  • v     މުސާރަ :                  -/4465 ރުފިޔާ
  • v     ސަރވިސް އެލަވަންސް:         -/1500 ރުފިޔާ
  • v     ސަޕޯރޓިންގ ކޯ އެލަވެންސް:     -/700 ރުފިޔާ
  • v     އިތުރު އިނާޔަތްތައް: 1- ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

                        2- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

 

ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތްތައް:

 1- މުވައްޒަފުންގެ ވަޒީފާއާއި ގުޅިގެން ލިޔަންޖެހޭ ސިޓީ، މެސެޖް ފަދަ ތަކެތި ލިޔެ ތައްޔާރުކޮށް ފޮނުވުން. އަދި ސްކޫލަށް ބޭނުންވާ މަޤާމްތައް އުފެއްދުމަށާއި އިޢުލާން ކުރުމުގެ ހުއްދައަށް

   އެދެން ބޭނުންވާ މަޢުލޫމާތުތައް ފުރިހަމަކޮށް ފޮނުވުމާއި މަޤާމްތަކަށް އިޢުލާންކޮށް މުއްދަތު ހަމަވުމުން އިންޓަރވިއު ފޯމްތައް ތައްޔާރުކޮށް، އިންޓަރވިއު ނިމުމުން ވަޒީފާ

   ހަމަޖެއްސުމަށް ބޭނުންވާ ހުރިހާ ލިޔެކިޔުންތަކާއެކު، ސީ.އެސް ވިއުގަ 2.0 މެދުވެރިކޮށް ތަޢުލީމާބެހޭ ޔުނިޓަށް ފޮނުވުން.

2- މުވައްޒަފުންގެ ޕާސަނަލް ފައިލްތައް އަދާ ހަމަކޮށް ޤަވާޢިދުން ބެލެހެއްޓުން.

3- މުވައްޒަފުންގެ އެޕުރައިޒަލް ފޯރމުތައް ތައްޔާރުކުރުމާއި،ފޯރމުތައް ފުރުވުމާއި، ރިޕޯރޓު ހެދުމާއި ސީ،އެސް ވިއުގަ 2.0 އަށް އެޅުމުގެ މަސައްކަތް ސްކޫލް ވެރިޔާގެ ލަފާގެމަތިން ކުރުން.

4- ސްކޫލްގެ އިންވެންޓްރީ ޤަވާޢިދުން ބެލެހެއްޓުން.

5- ސްކޫލްގެ ހުރިހާ ޢިމާރާތެއްގެ ތަޅުދަނޑިއާއި މުވައްޒަފުންގެ ކަބަޑުތަކުގެ ތަޅުދަނޑިތައް، މުވައްޒަފުންނަށް ދޫކުރުމާއި ބެލެހެއްޓުން.

6- މުވައްޒަފުންގެ ރަޖިސްޓްރީ ބެލެހެއްޓުން. މިގޮތުގެ މަތިން ވަޒީފާއަށް އަލަށް ވަންނަ މުވައްޒަފުންނާއި ވަޒީފާއިން ވަކިވާ ނުވަތަ ބަދަލުވާ މުވައްޒަފުންގެ މަޢުލޫމާތުތައް،

   ޗިޓުގައިވާ ގޮތަށް ރަޖިސްޓްރީގައިލިޔެ ފުރިހަމަކުރުން.

7- މަދަރުސާގެ ޔަޢުމިއްޔާ ބެލެހެއްޓުމާއި، އިދާރީ ކަންކަމުގައި އިދާރީ އެހެނިހެން މުވައްޒަފުންނަށް އެހީތެރިވެދިނުން.

8- ވަޒީފާއާއި ގުޅިގެން ހަވާލުކުރެވޭ އިދާރީ މަސައްކަތްތައްކުރުން.

 

ޝަރުތު: 

ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި  ވުމާއެކު، އޭގެ އިތުރުން 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް'

ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި ދާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް

1- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިއިދާރާގެ ލިބެންހުންނާނެއެވެ.)

2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް،

   ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛

    ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6.   ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7.   ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

8.   މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ)  ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި،

     ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި،ވަޒީފާގެ މަސްއޫލިއްޔަތުއަދި މަސައްކަތްކޮށްފައިވާ

     ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

 

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

ދާއިރާ

ބެލެވޭނެ ބައިތައް

މާކްސް

އިންސައްތަ%

ކެޓަގަރީގެ ޖުމްލަ އިންސައްތަ

ތަޢުލީމައި ތަމްރީން

ލިބިފައިވާ ތަޢުލީމް

35

35

40

މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީން

30

5

އިމްތިޙާން

"ސިވިލްސަރވިސް ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން"

12

5

5

މަސައްކަތުގެ ތަޖުރިބާ

މަގާމުގެ މަސައްކަތުގެ ދާއިރާއާ ގުޅެ ތަޖްރިބާ

33

10

10

ލިބިފައިވާ ހުނަރު

އިންޓަރވިއު/ޕްރެޒެންޓޭޝަން/ޕްރެކްޓިކަލް

100

45

45

ޖުމްލަ

210

100

100

ނޯޓް: މަގާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު މަރކްސްގެ ޖުމުލަ % 45 (ސާޅީސް ފަހެއް) އިންސައްތަ އަށްވުރެ މަތިވާން ޖެހޭނެއެވެ.

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

މިމަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 އޮގަސްޓް 26 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ވަޒީފާއަށް އެދޭ ފޯމާއިއެކު މިސްކޫލަށެވެ.

ވަޒީފާއަށް އެދޭފޯމާއި ލިޔުންތައް ޢިމެއިލް [email protected] މެދުވެރިކޮސްވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާން ސުންގަޑި ހަމަވުމުގެ ކުރިން އަލަށް ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅާއިފިނަމަ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

 

އިންޓަރވިއު ކުރުން

މިމަޤާމަށް މީހަކު ހޮވުން ބޭއްވޭ އިންޓަވިއު އޮންނާނީ، 28 އޮގަސްޓް 2019 އާއި 29 އޮގަސްޓް 2019 އާދެމެދު، ލ.އަތޮޅު މަދަރުސާ ގައެވެ.

 

ޝޯޓް ލިސްޓް ކުރުން:

މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން

އެންމެ މަތިން މާރކްސް ލިބޭފަރާތްތައް ޝޯޓް ލިސްޓްކުރެވޭނެއެވެ.

 

ނޯޓް:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މިސްކޫލުގެ ފޯން 7960786 ނަމްބަރާއި ގުޅުއްވުމުން އިތުރު މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

                       07 ޛުލްޙިއްޖާ 1440 ހ.

                       08 އޮގަސްޓް 2019  މ.

08 އޮގަސްޓް 2019
ހޯދާ