ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
މީޑިޔާ އޮފިސަރ

އިޢުލާން ނަންބަރު:FAM/IUL/2019/0019

އިޢުލާން

ވަޒީފާގެ ފުރުޞަތު

 

މަޤާމް

މީޑިއާ އޮފިސަރ  

ބޭނުންވާ ޢަދަދު

1

މުސާރަ

-/12،000ރ   

އެލަވަންސް

އެސޯސިއޭޝަންގެ ޤަވާޢިދުތަކާއި އެއްގޮތްވާގޮތުގެ މަތިން އިތުރު އެލަވަންސްތައް

އޮފީސް

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް

ޑިޕާރޓްމަންޓް

މާރކެޓިންގ، މީޑިއާ އެންޑް ކޮމިއުނިކޭޝަން ޑިޕާޓްމަންޓް

މަޤާމުގެ ކްލެސިފިކޭޝަން

މީޑިއާ އޮފިސަރ  

މަޤާމުގެ ޝަރުތުތައް

 • ޖާނަލިޒަމް ނުވަތަ މީޑިއާ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8ގެ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު

 • އެޕް.އޭ.އެމް އިން ހިންގާ އެކި އެކި އިވެންޓްތަކުގައި ބޭނުންކުރުމަށް ވީޑިއޯ ޕްރޮޑިއުސްކޮށް، ފިލްމް ކޮށް، އެޑިޓް ކުރުން.
 • އެސޯސިއޭޝަންއަށް ބޭނުންވާ ފެންވަރެއްގައި ވީޑިއޯ އެންކޯޑްކޮށް އެކި ފޯމެޓްތަކަށް ޕަބްލިޝް ކުރުން.
 • ވީޑިއޯ ރިކޯޑް ކުރުމަށް އެންމެ އެކަށީގެންވާ މާހައުލެއް ތައްޔާރުކުރުން.
 • ވީޑީއޯތައް ރިކޯޑް ކުރުމުގައި ގެންގުޅެވޭނެ އެންމެ އެކަށީގެންވާ އުސޫލްތައް ހޯދާ ދެނެގަނެ އެސޯސިއޭޝަންއަށް ލަފާ ދިނުން.
 • ރިކޯޑް ކުރެވޭ ރޯ ފޫޓޭޖް، އެޑިޓް ކުރުމަށް ބޭނުންކުރާ ފައިލްތައް، ޕްރިމިއަރ ޕްރޯގެ ޕްރޮޖެކްޓް ފައިލްތައް، އެޑިޓްކޮށް ނިމިފައިވާ ވީޑިއޯ، އަދި މިނޫނަސް ތައްޔާރު ކުރެވޭ ވީޑީއޯ އާއި ގުޅޭ އެންމެހާ ފައިލްތައް ސޯޓްކޮށް އެސޯސިއޭޝަންގައި ނުވަތަ އެސޯސިއޭޝަންއިން ކަނޑައަޅާ ސިސްޓަމެއްގައި އާކައިވް ކުރުން.
 • މަސައްކަތާއި ގުޅޭގޮތުން އެސޯސިއޭޝަންއިން އަންގާ އެހެނިހެން މަސައްކަތްތައް ކުރުން.
 • މަތީގައިވާ ކަންތައްތަކުގެ އިތުރުން، އެސޯސިއޭޝަންގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ސްޕަވައިޒަރު ހަވާލުކުރާ އެންމެހައި  މަސައްކަތްތައް ކުރުން.
 • އެސޯސިއޭޝަންގެ ޕްރޮމޯޝަނަލް އިވެންޓްތަކުގައި އަމަލީ ގޮތުން ބައިވެރިވުމާއި، އެސޯސިއޭޝަންގެ އިވެންޓްތަކާއި ޖަލްސާތައް ފޮޓޯނަގައި ކެޓަލޮގްކޮށް ބެލެހެއްޓުން.
 • ޝޯޝަލް މީޑިއާގައި އެސޯސިއޭޝަންގެ ޕްރޮމޯޝަނަލް އެކްވިޓީސްތައް އަދި އެސޯސިއޭޝަން ޕްރޮމޯޓްކުރުން.
 • އެސޯސިއޭޝަންގެ ފަރާތުން ނެރޭ ފޮތްތަކާއި، މެގަޒިންތަކާއި، ލީފްލެޓްތަކާއި، އެނޫން ލިޔެކިޔުންތަކުގެ ލޭއައުޓް ހެދުން.
 • ސްޕަވައިޒަރުގެ އިރުޝާދުގެ ދަށުން އެސޯސިއޭޝަންގެ ސޯޝަލް މީޑިއާތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.

ހުށަހަޅަންޖެހޭ ތަކެތި

 • މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
 • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
 • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
 • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
 • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް

 • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
 • އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.
 • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
 • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
 • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.މިމަޤާމަށް ހޮވޭ މުވައްޒަފަކު މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނީ 08:00 އިން 15:00 އަށެވެ.

ސިޓީ ފޮނުވަންވީ ތާރީޚް

07 އޮގަސްޓް 2019 މެންދުރު 12:00 ގެ ކުރިން، ހުރިހާ ޑޮކިއުމަންޓެއް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އީމެއިލް ކޮށްދެއްވުން އެދެމެވެ. އީމެއިލް: [email protected]

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 9500107 ނަންބަރު ފޯނާއެވެ.

މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި،  އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު އެސޯސިއޭޝަނަށް ލިބިގެންވެއެވެ.

 

1 އޮގަސްޓް 2019

 

 

01 އޮގަސްޓް 2019
ހޯދާ