އަމީނިއްޔާ ސްކޫލް
ދިވެހިރާއްޖެ
އަމީނީ އަލިސް ޔޫބީ ކާނިވަލުގެ ސްޓޯލްތައް ދޫކުރުމުގެ މުއްދަތު އިތުރު ކުރުން

 

  1. މި ސްކޫލްގެ އަލިމަސް ޔޫބީ ކާނިވަލުގެ ސްޓޯލްތައް ދޫކުރުމަށް ރެޖިސްޓްރީ ކުރުމުގެ ފުރުޞަތު ވަނީ އިތުރު ކުރެވިފައެވެ. ސްޓޯލެއްގެ އަގަކީ 1500.00 ރުފިޔާ (ފަނަރަ ސަތޭކަ)  އެވެ.

2   ސްޓޯލު ނެންގެވުމަށް ޝައުޤުވެރިވާ ފަރާތްތަކުން،  2019    ޖުލައި 25 އިން 2019  ޖުލައި 30 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13.00 އަށް މިސްކޫލަށް ވަޑައިގެން އެޕްލިކޭޝަން ފޯމު ހުށައެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމާއެކު ފައިސާ ދައްކަވަން ވާނެއެވެ.

3 މި ކާނިވާ އޮންނާނީ 1 އޯގަސްޓް 2019 އިން 3 އޯގަސްޓް 2019 ށް (3 ދުވަހު) ހަވީރު 4.00 ން އެރޭގެ 11.00 ށް އަމީނިއްޔާ ސްކޫލު ގޯތިތެރޭގަ އެވެ.

 4. ނަންގަވާ ސްޓޯލުގައި އިމްޕޯރޓު މުދާ ވިއްކާނަމަ، މޭޒު ހިފާފަރާތަކީ އިކޮނޮމިކް މިނިސްޓްރީ އިން ދޫކުރާ އިމްޕޯރޓު މުދާ ވިއްކުމުގެ ލައިސަންސް އޮތް ފަރާތަކަށް ވާން ވާނެއެވެ.

5  . އެއްވެސް ސްޓޯލެއްގައި ކާބޯތަކެތި ނުވިއްކޭނެއެވެ.

 6 ސްޓޯލްތައް ހުންނާނީ މި ސްކޫލުގެ އާ އިމާރާތުގެ ފަސްޓް އަދި ސެކަންޑް ފްލޯރގައެވެ. ސްޓޯލެއްގެ ސައިޒަކީ 9 ފޫޓު 7 ފޫޓެވެ.

 7 ދޫކުރުމަށް ހަމަޖެހިފައި ވަނީ 100 ސްޓޯލެވެ. އަދި ސްޓޯލްތައް ދޫކުރެވޭނީ ފޯމު ހުށައަޅާ ތަރުތީބުން ނެވެ.

8. އެޕްލިކޭޝަން ފޯމު ސްކޫލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

10. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

އަމީނިއްޔާ ސްކޫލް

ޗާންދަނީމަގު، މާލެ، ދިވެހިރާއްޖެ

ފޯން: 3325762، 3323247

22 ޛުލްޤައިދާ 1440

25 ޖުލައި 2019
ހޯދާ