ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު: މީޑިއާ އޮފިސަރ

                                      އިޢުލާން

ވަޒީފާގެ ފުރުޞަތު

 

     

  ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ނަންބަރު: 08 / 2019 / އައި.ޔޫ / ކޭ - 57  (24 ޖޫން 2019) އިޢުލާނު ބާޠިލްކޮށް، އެމަޤާމަށް ކުރިމަތިލުމަށް އަލުން އިޢުލާންކުރަމެވެ.

މަޤާމުގެ ނަން:

  މީޑިއާ އޮފިސަރ

ރޭންކް:

  GS3/B

ސެކްޝަން/ޑިޕާޓްމަންޓް:

  މީޑިއާ ސެކްޝަން

ބޭނުންވާ އަދަދު:

  1

ތަޢުލީމާއި ތަޖްރިބާ:

  1. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ޖީ.ސީ.އީ އެޑްވާންސް ސަބްސިޑިއަރީ އިމްތިހާނުން 2 މާއްދާއިން 'އީ' ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން، ނުވަތަ

  

  1. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު ސެކެންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާލިބިފައިވުން، ނުވަތަ

 

  1. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ

 

  1. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ

 

  1. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަސައްކަތު ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާރކްސްއެއް ލިބެމުންދިޔުމާއެކު، ޖީ.އެސް 2 ރޭންކުގެ ޝަރުތު ފުރިހަމަވެ، އެރޭންކުގެ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ 

 

  1. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ޖީ.އެސް 3 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއް ފެންވަރުގެ މަޤާމެއްގައި، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުއުޅެ ތަޖުރިބާ ލިބިފައިވުން، ނުވަތަ އެ ފެންވަރުގެ މަޤާމެއްގައި މަސައްކަތްކުރަމުންދާ މީހެއްކަމުގައިވުން.
  • (މި މަޤާމަށް މީހަކު ހޮވުމުގައި ފޮޓޯގްރަފީ އާއި ވީޑިއޯގްރަފީ އަދި ގްރެފިކްސް ޑިޒައިނިންގެ ދާއިރާއިން ތަމްރީނާއި ތަޖުރިބާ ލިބިފައިވުމާއި، އޭލެވެލް އަދި އެޗް.އެސް.ސީ އިމްތިޙާންތަކުގެ ނަތީޖާއަށް އިސްކަންދެވޭނެއެވެ.)

މަޤާމުގެ މަސްއޫލިއްޔަތު:

 -      ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އެންމެހާ އިވެންޓްތައް ކަވަރުކޮށް ފޮޓޯނެގުމާއި     ވީޑިއޯކުރުން

 -      ފޮޓޯ/ވީޑިއޯ އެޑިޓްކުރުމާއި، ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މީޑިއާ ސެކްޝަންގެ  މަސައްކަތްތައްކުރުން

އުޖޫރަ:

 - މަހަކު  -/7,150 ރުފިޔާ

އެލަވަންސް/އިނާޔަތްތައް:

 - ހާޒިރީ އެލަވަންސްގެ ގޮތުގައި ވަޒީފާއަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/100 ރުފިޔާ

 - ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު  -/3500 ރުފިޔާ

 

ފޯމް ފޮނުވަންވީ ތާރީޚް: 28 ޖުލައި 2019 ވަނަ ދުވަހުގެ 14:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް.

ހުށަހަޅަންޖެހޭ ލިޔުންތައް: 

  • ފުރިހަމަކޮށްފައިވާ ޕާލަމެންޓްރީ ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް އިދާރާގެ ކައުންޓަރުންނާއި އިދާރާގެ ވެބްސައިޓް www.majlis.gov.mv އިން ލިބެން ހުންނާނެއެވެ.)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (އެކްރެޑިޓް އަދި އެޓެސްޓްކޮށްފައި)
  • ފޮޓޯގްރަފީ އާއި ވީޑިއޯގްރަފީ އަދި ގްރެފިކްސް ޑިޒައިނިންގެ ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ޕޯޓްފޯލިއޯ
  • މަޤާމުގެ މަސައްކަތާ ގުޅޭގޮތުން ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ

  ނޯޓް: މިމަޤާމަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މިމަޤާމަށް ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމް ބާޠިލްވާނެއެވެ. އަދި އިންޓަވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.

                             19 ޛުލްޤައިދާ 1440

                            22  ޖުލައި  2019              

22 ޖުލައި 2019
ހޯދާ