ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ. ނަޑެއްލާ ކައުންސިލްގެ އިދާރާއަށް ވަގުތީ މުވައްޒަފަކު ހޮވުން

މަޤާމް :އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ (ވަގުތީ)
ބޭނުންވާ އަދަދު :1

އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ

މަޤާމް:

01 (އެކެއް)

ބޭނުންވާ އަދަދު:

ވަގުތީ ( 6 މަސް ދުވަސް )

މަޤާމުގެ ގިންތި:

އެމް. އެސް. 1 (މެނޭޖީރިއަލް ސަރވިސް 1)

މަޤާމުގެ ރޭންކް:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ ކްލެސިފިކޭޝަން:

ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މަހަކު 5610.00 ރ  (ފަސް ހާސް ހަ ސަތޭކަ ދިހަ ރުފިޔާ)

މުސާރަ:

މަހަކު 2000.00 ރ (ދެހާސް ރުފިޔާ) 

ސަރވިސް އެލެވަންސް:

ސަޕޯޓިންގ ކޯ އެލަވަންސް (2) މަހަކު 700.00 ރ ( ހަތް ސަތޭކަ ރުފިޔާ)

އެހެނިހެން އެލަވަންސް:

 1. ކުންފުނިތަކާއި،ލޯކަލްއިންވެސްޓްމަންޓްތައް ރަޖިސްޓްރީކުރަން އެދޭފަރާތްތަކަށް އެހީތެރިވުމާއި، އިންޕޯރޓްމުދާ ވިއްކުމާއި، ހޮޓާކެފޭ ރެސްޓޯރެންޓް ހިންގުމުގެ ހުއްދައަށް އެދޭ ފަރާތްތަކަށް ހުއްދަ ދޫކުރުމާއިބެހޭ ގޮތުން ކުރަންޖެހޭ އިދާރީ މަސައްކަތްކުރުން.                                          
 2. އިންޕޯޓް މުދާ ވިއްކާ ފަރާތްތަކުން ޤާނޫނާއި ޤަވާޢިދާއި އެއްގޮތަށް ޢަމަލުކުރަމުން ދޭތޯ ބެލުމާއި، ޤާވާޢިދާއި ޚިލާފުވާ ފަރާތްތަކުގެ މައްސަލަތައް ޔުނިޓްހެޑަށް ރިޕޯޓްކުރުން.                     
 3. ރަށުގެ އާމްދަނީއާއި ބެހޭ ތަފާސް ހިސާބު އެއްކުރުމާއި، ބެލެހެއްޓުން.                               
 4. ރައްޔިތުންގެ މެދުގައި އިޤުތިޞާދީ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ހިންގަންޖެހޭ ޕްރޮގްރާމްތައް ރޭވުމާއި، ޔުނިޓްހެޑްގެ މަޝްވަރާގެމަތިން އެފަދަ ޕްރޮގްރާމްތައް ހިންގުން.   
 5. މުވައްޒަފުންގެ ޕާސަނަލް ފައިލްތައް ބެލެހެއްޓުން 
 6. އައިޑީކާޑު ހަދައި ދިނުމުގެ އެންމެހާ މަސައްކަތްތައް ކުރުން
 7. އެކަނިވެރި މައިންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، އަސާސީ ޕެންޝަން ޙައްޤުވާ ފަރާތްތަކަށް ޙައްޤުވާ އެލަވަންސް ހޯދުމަށް އެދި ހުށަހަޅާ ފޯމްތައް ޗެކްކޮށް ބަލައިގަނެ ފޮނުވަންޖެހޭ އިދާރާތަކަށް ފޮނުވުމާއި ކަމާއިބެހޭ ރެކޯޑްތައް ލިޔެ ބެލެހެއްޓުން.                                                      
 8. ކަނޑައެޅިފައިވާ އުޞޫލުތަކާއި އެއްގޮތްވާގޮތުގެމަތިން ލިޔެކިޔުންތައް ފައިލްކޮށް ފަސޭހައިން ފެންނަގޮތަށް ރައްކާތެރިކަމާއިއެކު ބެލެހެއްޓުން.
 9. މީގެ އިތުރުން މުވައްޒަފަކު ޗުއްޓީނެންގެވުންފަދަ ކަމަކާއިގުޅިގެން ވަގުތީގޮތުން ޔުނިޓްހެޑް ޙަވާލުކުރައްވާ މަސައްކަތްތައް ފަރުވާތެރިކަމާއިއެކު ކުރަމުން ގެންދިއުން.                                                             

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް

މަޤާމުގެ ޝަރުޠުތައް:

5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން  

 

 1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
 5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

 1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
 2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
 3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 1. ލިބިފައިވާ ތަޢުލީމާއި، ތަމްރީނު
 2. ލިބިފައިވާ މަސައްކަތު ތަޖުރިބާ

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް

 1. ލިބިފައިވާ ހުނަރު

ހޮވުމަށް ބެލޭނެ ކަންތައްތައް:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 29 ޖުލައި 2019 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން، ގދ. ނަޑެއްލާ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 31 ޖުލައި 2019 އާއި 03 އޮގަސްޓް 2019 އާ ދެމެދު، ގދ. ނަޑެއްލާ ކައުންސިލްގެ އިދާރާ ގައެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.  

ޝޯޓް ލިސްޓްކުރުން:

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6840007 އަށެވެ. އީ-މެއިލް ކުރާނީ  [email protected]އަށެވެ.

 

     
21 ޖުލައި 2019
ހޯދާ