މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
ހާއްސަ ނީލަން

    ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ޤަވައިދާއި ޚިލާފަށް ވަދެއުޅެނިކޮށް އަތުލައި ގަނެފައިވާ ސްރީލަންކާގެ މަސްބޯޓުގައި ހުރި މަސްތައް ޚާއްޞަނީލަމެއްގެ ގޮތުގައި ވިއްކާލުމަށް ބޭނުންވެއެވެ.

 1. ނީލަން ކިޔުން އޮންނާނީ 2019 ޖުލައި 25 ވާ ބުރާސްފަތި ދުވަހު 13:00 ގައި އިސްކަންދަރުކޮށި-01 ގެ ތިރީ މީޓިން ރޫމުގައެވެ.
 2. މިތަކެތި ބެހެއްޓިފައިވަނީ ހުޅުމާލެ ކައިރީގައި އެމް.އެން.ޑީއެފްގެ ޚާއްސަ ބެލެހެއްޓުމުގެ ދަށުގައެވެ.
 3. މިތަކެތި ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކަށް 2019 ޖުލައި 25 ވާ ބުރާސްފަތި ދުވަހު 09:00 ގައި ބެލޭނޭ އިންތިޒާމް ހަމަޖައްސަވައި ދެވޭނެއެވެ.
 4. ނީލަން ކިއުމަށް ހަމަޖެހިފައިވަނީ 2150 ކިލޯ ގެ މަހެވެ. މި މަސްތަކަކީ އައިސް އަޅައިގެން މަސްތަކުގެ ފިނިކަން ނުގެއްލޭ ގޮތަށް ބަލަހައްޓަމުން ގެންގޮސްފައިވާ މަސްތަކެކެވެ. ނީލަން ކިއާނީ ޖުމްލަ 2150 ކިލޯއަށެވެ.
 5. ނީލަން ކިޔާނީ ހާޒިރީންގެ ކުރިމަތީގައި އަނގަބަހުންނެވެ. އަދި ނީލަމަށް އިތުރުކުރުމަށް ހުށަހަޅާނީވެސް ހާޒިރީންނަށް އަޑުއިވޭވަރަށް އަނގަ ބަހުންނެވެ.
 6. ނީލަން ފެށޭނީ ކިލޯ އަކަށް 14 ރުފިޔާގެ ރޭޓުންނެވެ.
 7. ނީލަމަށް އިތުރުކުރެވޭނީ ފަހަރަކު -/1 (އެކެއް) ރުފިޔާ އަށްވުރެން ކުޑަނޫން އަގެއް ހުށަހަޅައިގެންނެވެ.
 8. ނީލަން ނިމޭތާ 24 ގަޑީރުތެރޭގައި ނީލަން ކާމިޔާބު ކުރި ފަރާތުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފައިނޭންސް އެންޑް އެސެޓް މެނޭޖްމަންޓްއަށް ފައިސާ ހަވާލު ކުރަންވާނެއެވެ.
 9. ނީލަން ނިމޭތާ 48 ގަޑީރު ތެރޭގައި މަސްތައް ގެސްގޮސް ނިންމަންވާނެއެވެ.
 10. އީމެއިލް:
  1. ޓު: [email protected]
  2. ކޮޕީ:[email protected] 

    ވީމާ، ނީލަމަށް ޝައުޤްވެރިވެލައްވާ ފަރާތްތަކުން 2019 ޖުލައި 24 ވާ ބުދަަ ދުވަހު 10:00 ގެ ކުރިން ތިރީގައިވާ އީމެއިލް އެޑްރެހަށް މި އިއުލާނާއި އެއްހީރަސް ކުރެވިފައިވާ " ނީލަމުގައި ރަޖިސްޓަރީވާ ފޯމް " ފުރިހަމަކޮށް ނެޝަނަލް އައި.ޑީ ކާޑުގެ ކޮޕީ / ކުންފުނި ރަޖިސްޓްރީ ކޮޕީ އާއި އެކު  މަތީގައިވާ މެއިލް ފޮނުވުން އެދެމެވެ. ނީލަމުގައި ރަޖިސްޓްރީވިކަމަށް ޔަގީންކުރަންވާނީ ރަޖިސްޓްރީވި ކަމުގެ މެއިލް ލިބުމުންނެވެ.

20 ޖުލައި 2019
ހޯދާ