ތުޅާދޫ ސްކޫލް
ދިވެހިރާއްޖެ
ބައެއް ތަކެތި ނީލަން ކިޔުމަށްޓަކައި

                                                    ނަންބަރު:IUL)GS56/2019/29)  

 އިޢުލާން

މި ސްކޫލްގެ ބައެއް ތަކެތި ނީލަން ކިޔުން

    މިސްކޫލްގައި ބައުވެ ހަލާކުވެފައި ހުރި ބައެއް ތަކެތި ނީލަން ކިއުން (30 ޖުލައި 2019 ) ވާ އަންގާރަ ދުވަހުގެ 13:00  ގައި މި ސްކޫލްގައި އޮންނާނެއެވެ.

ނީލަން ކިޔާ ތަކެތީގެ ލިސްޓެއް ތިރީގައި އެވަނީއެވެ.

 • ބައިންޑިންގް މެޝިން
 • ޕުރިންޓަރ
 • ސާވަރ
 • ފެންމޯޓަރ
 • ފަންކާ ސީލިންގު
 • ރޭޑިއޯ
 • ފޮޓޯކޮޕީ މެޝިން
 • ގޮނޑި
 • ސްކޭނަރ
 • ފަތި ބެޓެރި
 • މާކަރީ ލައިޓް ބޮޑު

ނީލަން ކިޔަން ފެށޭނެ އެންމެ ދަށް އަގަކީ 30 (ތިރިސް) ރުފިޔާއެވެ.  މި ނީލަމަށް ފަހަރަކު އެންމެ މަދުވެގެން އިތުރު ކުރެވޭނީ 2 (ދެ) ރުފިޔާއެވެ. ނީލަން ކާމިޔާބު ކޮށްގެން ލިބޭ ތަކެތި ގެންދެވޭނީ ފައިސާ ދެއްކުމަށްފަހުއެވެ. ނީލަން ކާމިޔާބު ކުރާތާ ރަސްމީ ތިން ދުވަސްތޭރޭގައި ފައިސާ ދެއްކެވުމަށްފަހު 1 ދުވަސް ތެރޭގައި ތަން ހުސްކުރައްވަން ވާނެއެވެ. 3 ދުވަސް ތެރޭގައި ފައިސާ ނުދައްކަވައިފި ނަމަ އެތަކެތި އަނބުރާ ނީލަމަށް ލެވޭނެއެވެ. ވީމާ، މިވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.

  15 ދުލްޤަޢިދާ 1440

 

18 ޖުލައި 2019
ހޯދާ