މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
"އެންވަޔަރަންމަންޓްލީ ސައުންޑް މެނޭޖްމަންޓް އޮފް މުނިސިޕަލް އެންޑް ހަޒާޑަސް ސޮލިޑް ވޭސްޓް ޓު ރެޑިއުސް އެމިޝަން އޮފް އަންއިންޓެންޝަނަލް ޕާސިސްޓަންޓް އޯގެނިކް ޕޮލިއުޓަންޓްސް އެންޑް ޕޮލީ ކްލޮރިނޭޓެޑް ބައިފީނަލްސް (ޕީސީބީ) " މަޝްރޫއުގެ ދަށުން އއ.ބޮޑުފޮޅުދޫ ކުނިކޮށި އަޕްގްރޭޑް ކުރުމަށް އެންވަޔަރަމެންޓް މެނޭޖްމަންޓް ޕްލޭން ހެދުމަށް ކޮންސަލްޓަންސީ ހިދުމަތް ދިނުމުގެ ޝައުގުވެރިކަން ފާޅުކުރުމުގެ ދައުވަތު

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އިން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖެފް) ގެ ހިލޭ އެހީގެ ދަށުން، ޔުނައިޓެޑް ނޭޝަންސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް (ޔުނިޑޯ) އާއި ގުޅިގެން ހިންގާ "އެންވަޔަރަންމަންޓްލީ ސައުންޑް މެނޭޖްމަންޓް އޮފް މުނިސިޕަލް އެންޑް ހަޒާޑަސް ސޮލިޑް ވޭސްޓް ޓު ރެޑިއުސް އެމިޝަން އޮފް އަންއިންޓެންޝަނަލް ޕާސިސްޓަންޓް އޯގެނިކް ޕޮލިއުޓަންޓްސް (ޔޫޕޮޕްސް) އެންޑް ޕޮލީ ކްލޮރިނޭޓެޑް ބައިފީނަލްސް (ޕީސީބީ) '' މަޝްރޫއަކީ ނުރައްކާތެރި ކެމިކަލްސް އިން ތިމާވެއްޓާއި އިންސާނުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކޮށް،ރައްކާތެރި ގޮތުގައި ކެމިކަލްސް އަދި ޕާސިސްޓަންޓް އޯގެނިކް ޕްލިއުޓަންޓްސް (ޕޮޕްސް) މެނޭޖްކުރުމަށް ހިންގާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ކަނޑައަޅާފައިވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ އއ.ބޮޑުފޮޅުދޫ ކުނިކޮށި އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް ބޭނުންވާ އެންވަޔަރަމަންޓް މެނޭޖްމަންޓް ޕްލޭން ތައްޔާރު ކުރުމަށް ކޮންސަލްޓަންޓަކު ހޯދުމަށްވަނީ ބޭނުންވެފައިއެވެ.   

 

މަސައްކަތުގެ މުއްދަތު:

މި މަސައްކަތް ކުރުމަށް ހޮވޭ ފަރާތާއެކު ސޮއި ކުރެވޭނީ 20 ދުވަހަގެ ކޮންޓްރެކްޓެއްގައެވެ.

 

ހުށަހަޅަށްޖެހޭ ލިޔުންތައް:

  1. އއ.ބޮޑުފޮޅުދޫއަށް ދަތުރުކުރުމަށް ޕްލޭންކުރާގޮތް. (ދަތުރުގެ އަދަދު، ބައިވެރިންގެ އަދަދު، ކޮންމެ ދަތުރެއްގައި ހޭދަވާނެ މުއްދަތު، ދަތުރުގެ ބޭނުން، މިނޫންވެސް ދަތުރާއި ގުޅޭ މަޢުލޫމާތު)
  2. ތިމާވެށީގެ މެނޭޖްމަންޓް ޕްލޭން އެންވަޔަރަމަންޓް މިނިސްޓްރީއިން ޤަބޫލުކޮށް ހުއްދަދިނުމާއި ހަމައަށް ކުރަންޖެހޭ ހުރިހާ ކަމެއްގެ ޖުމްލައަގު (ދިވެހި ރުފިޔާއިން)
  3. ޕްރޮޕޯސަލް ހުށައަޅަނީ އަމިއްލަ ފަރާތަކުންނަމަ އެފަރާތެއްގެ ވަނަވަރު، އަދި ކުންފުންޏަކުން ނުވަތަ އިންވެސްޓްމަންޓަކުން ހުށަހަޅާނަމަ އެފަރާތެއްގެ ޕްރޮފައިލް.
  4. މަސައްކަތުގައި ބައިވެރިވާ، ނުވަތަ ކުންފުނީގެ ފަންނީ މުވައްޒަފުންގެ ވަނަވަރު.
  5. ކޮންސަލްޓެންޓްގެ ގޮތުގައި އީ.ޕީ.އޭ އިން ދެއްވާފައިވާ ހުއްދަ ނުވަތަ ރަޖިސްޓްރީގެ ކޮޕީ.
  6. ޕްރޮޕޯސަލް ހުށައަޅަނީ އަމިއްލަ ފަރާތަކުންނަމަ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމެންޓްގައި ސޯލް ޕްރޮޕިރޭއަޓަރޝިޕް ރެޖިސްޓްރީކޮށްފައިވާކަން އަންގައިދޭ ސެޓްފިކެޓް ގެ ކޮޕީ.
  7. ޕްރޮޕޯސަލް ހުށައަޅަނީ ކުންފުންޏަކުންނަމަ ފަރާތަކުންނަމަ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމެންޓްގައި ކުންފުނި ރަގިސްޓްރީކޮށްފައިވާކަން އަންގައިދޭ ސެޓްފިކެޓްގެ ކޮޕީ.

ސުންގަޑި:

ޝައުޤުވެރިވާ ފަރާތްތަކުން 21 ޖުލައި 2019 ވަނަ ދުވަހުގެ 12:00 ގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

 

އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުވަންޖެހޭ އެޑްރެސް:

އެކްސްޕްރެޝަން އޮފް އިންޓަރަސްޓް ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސީޓީ އުރައެއްގައި ތިރީގައި ދަންނަވާފައިވާ އެޑްރަހަށެވެ.

ޕްރޮކިޔުމަންޓް ސެކްޝަން

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް

ގްރީން ބިލްޑިންގ، ހަނދުވަރީ ހިނގުން،މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

މާފަންނު، ހަނދުވަރީ ހިނގުން

 

ހުށަހަޅުއްވާ ޕްރޮފޯސަލްތަކަށް މާކްސް ދިނުމުގައި ބެލުމައް ހަމަޖެހިފައިވަނީ

  1. އަގަށް %30
  2. ތަޢުލީމީ ފެންވަރާއި ތަޖުރިބާ %70

 

އިތުރު މައުލޫމާތު:

މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3018300 ،3018358 އަށް ގުޅުއްވުން އެދެމެވެ.

ވީމާ، މަތީގައި ދަންނަވާފައިވާ މަގާމަށް ޝައުގެވެރިވާ ފަރާތްތަކުން އެކަމަށް އެދި ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ.

17 ޖުލައި 2019
ހޯދާ