މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތުލުސްދޫކައުންސިލް ކަޕް ރާވާ ހިންގާދޭނެ ފަރާތެއް ހޯދުން

ކޮންމެ ބޮޑުޢީދަކާއި ދިމާކޮށް މިކައުންސިލުން ބާއްވަމުން އަންނަ ކައުންސިލްކަޕްގައި ހިމެނޭ ކުޅިވަރު މުބާރާތްތައް ރާވާ، ހިންގައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.  

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2019 ޖުލައި 22ވާ ހޯމަ ދުވަހުގެ 13:00އަށް   މިއިދާރާގެ ކޮންފަރެންސް ހޯލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު،2019 ޖުލައި 29ވާ ހޯމަ ދުވަހުގެ 10:30އަށް މިއިދާރާގެ ކޮންފަރެންސް ހޯލަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހެޅޭނީ ކުންފުންޏެއްގެ ގޮތުގައި ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއްގެ ގޮތުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގައި ރަޖިސްޓްރީކޮށް ފައިވާ ފަރާތްތަކާއި ކްލަބް، ޖަމްޢިއްޔާ ފަދަފަރާތް ތަކަށް އެކަނިކަމުގައި ދެންނެވީމެވެ. އަންދާސީ ހިސާބާއެކު ވިޔަފާރި،ކުލަބް،ޖަމުޢިއްޔާ ރަޖިސްޓްރޭޝަން ސެޓްފިކެޓް އަދި އައިޑީކާޑްގެ ކޮޕީއެއް ޙުށަހަޅަންވާނެއެވެ. ކުންފުނިން ،ކުލަބް،ޖަމުޢިއްޔާ ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށް ފައިވާ ފަރާތަށް މަޢުލޫމާތު ދިނުމުގެ ބައްދަލްވުމާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ޙާޟިރުވެވެން ނެތިގެން ބަދަލުގައި އެހެން ފަރާތެއް ހަމަޖައްސަވާނަމަ އެފަރާތެއް ހަމަޖެއްސެވިކަމުގެ ރަސްމީ ލިޔުމެއް ގަޑިޖެހުމުގެ ކުރިން މި އިދާރާއަށް ހުށަހަޅަންވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅާނީ ބަންދުކުރެވިފަވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި އަންދާސީހިސާބު ހުށަހަޅާ މަސައްކަތުގެ ނަމާއި ހުށަހަޅާ ފަރާތުގެ ނަން އޮންނަންވާނެއެވެ. 

 މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

16 ޖުލައި 2019
ހޯދާ