ހަނިމާދޫ ސްކޫލް، ހދ. ހަނިމާދޫ
ދިވެހިރާއްޖެ
އިސްދަރިވަރުންގެ ޖަމްޢިއްޔާގެ ލޯގޯ ފަރުމާކުރުން

ހަނިމާދޫ ސްކޫލް  

ހދ. ހަނިމާދޫ، ދިވެހިރާއްޖެ

 

 

ނަންބަރ: GS60(GA)/2019/031

އިޢުލާނު

އިސްދަރިވަރުންގެ ޖަމްޢިއްޔާގެ ލޯގޯ ފަރުމާކުރުން

ހދ.ހަނިމާދޫ ސްކޫލްގެ އިސްދަރިވަރުންގެ ޖަމްޢިއްޔާގައި ބޭނުން ކުރުމަށް ލޯގޯއެއް ފަރުމާކުރުމަށް ބޭނުންވެއެވެ. މި ގޮތުން، ހުށައެޅޭ ލޯގޯގެ ތެރެއިން ބޭނުން ކުރުމަށް ހޮވޭ ލޯގޯ ހުށައަޅާ ފަރާތަކަށް އަގުވަޒަން ކުރުމުގެ  ގޮތުން ހަނދާނީ ލިޔުމެއް ދެވޭނެއެވެ. ލޯގޯ ހުށައެޅުމުގެ ސުންގަޑިއަކީ 2019 ޖުލައި 30 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގައެވެ. ލޯގޯ ހުށައަޅާނީ ސޮފްޓް ކޮޕީ ފޯމެޓްގައި މި ސްކޫލަށެވެ. އޭމެއިލް މެދުވެރިކޮށް ހުށައަޅާނީ [email protected] އަށެވެ.

ލޯގޯގައި ހުންނަންވީ ސިފަތައް:

 1. 1.  ހަނިމާދޫ ސްކޫލް ރަމްޒު ކޮށްދިނުން
 2. 2.  ތަފާތުވުން
 3. 3.  އުފެއްދުންތެރިކަން ހުރުން
 4. 4.  ފަސޭހަވުން
 5. 5.  ޖަމްޢިއްޔާގެ ކުލަ (މެރޫން އަދި އަޅި) ބޭނުން ކުރުން
 6. 6.  ޖަމްޢިއްޔާގެ މޮޓޯ ރަމްޒުކޮށްދިނުން

ލޯގޯއާއެކު ހުށައަޅަން ޖެހޭ މަޢުލޫމާތު:

 1. ލޯގޯ ހުށައަޅާއިރު ކަވަރ ލެޓަރއެއް ހުށައެޅުން، އަދި ސިޓީގައި އަންނަނިވި ކަންކަން ބަޔާންކޮށްފައި ހުރުން

     ހ. ހުށައަޅާ ލޯގޯއަކީ އެ ލޯގޯ ފަރުމާކުރި ފަރާތުގެ ފިކުރީ މުދަލެއްކަން ނުވަތަ ޚިޔާލެއްކަން އަންގައިދިނުމަށް އެކަމަށް އިޤުރާރުވުން

      ށ. ހުށައަޅާ ލޯގޯ އެ، ހުށައެޅި ފަރާތުގެ އިތުރު ހުއްދައަކާ ނުލައި ބޭނުން ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ޖަމްޢިއްޔާއަށް ދޭކަން ބަޔާންކޮށްފައި އޮތުން

      ނ. ލޯގޯ ފަރުމާކުރި ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް އަދި ފޯނު ނަމްބަރު

      ރ. ލޯގޯއިން ރަމްޒުކޮށްދޭ ކަންކަމާ ގުޅޭގޮތުން މަދުވެގެން 3 ޖުމްލައިގެ ޢިބާރާތްކޮޅެއް

 1. ލޯގޯ ފަރުމާ ކުރުމުގައި އެހެން ލޯގޯއެއް ނުވަތަ ބެޖެއް އަސާސަކަށް ބެލިނަމަ އެ ލޯގޯއެއް ނުވަތަ އެ ބެޖެއްގެ މަޢުލޫމާތާއި އެ ލޯގޯ ނުވަތަ ބެޖެއްގެ ނަކަލެއް
 2. ލޯގޯގެ ސޮފްޓް ކޮޕީ 400x600 ޕިކްސެލް ނުވަތަ އެއަށްވުރެ މަތީ ޕިކްސެލް، 150 ޑީޕީއައި ރިޒޮލިއުޝަންގައި ހުށައެޅުން
 3. ޖޭޕެގް، ޖިފް، ޕީ.އެން.ޖީ ނުވަތަ ޖޭ.ޕީ.އީ.ޖީ ފޯމެޓްގައި ހުށައަޅާނަމަ ފަސްމަންޒަރު (ބެކްގުރައުންޑުގައި) ހުދުކުލައިން ހުރުން
 4. ލޯގޯގެ ޢިބާރާތެއް ބޭނުން ކުރާނަމަ އިނގިރޭސިބަހުން ބޭނުން ކުރުން
 5. ލޯގޯގައި ރަމްޒު އަކުރެއް ބޭނުން ކުރާނަމަ H.S.P.S.A (ހަނިމާދޫ ސްކޫލް ޕާސްޓް ސްޓޫޑަންޓް އެސޯސިއޭޝަން) ބޭނުން ކުރުން                                                          

                              11 ޛުލްޤަޢިދާ 1440

                               14 ޖުލައި 2019

14 ޖުލައި 2019
ހޯދާ