މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ޅ.ނައިފަރުން ޢިމާރާތެއް ކުއްޔަށް ހިފުމާއިބެހޭ

މިކުންފުންޏަށް ޅ.ނައިފަރުން ޕޯސްޓް އޮފީސް ޢިމާރާތަކަށް ބޭނުންކުރެވޭގޮތަށް ހަދާފައިވާ ތަނެއް ކުއްޔަށް ހިފަން ބޭނުންވެއެވެ. ވީމާ ތިރީގައިމިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް 18 ޖުލައި 2019ވާ ބުރާސްފަތި ދުވަހުގެ 15:00ގެ ކުރިން މިކުންފުނީގެ ޅ.ނައިފަރު ޕޯސްޓް އޮފީސް ނުވަތަ މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ 4 ވަނަ ފަންގިފިލާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި 18 ޖުލައި 2019 ވަނަ ދުވަހުގެ 15:00ގެ ފަހުން ހުށައަޅުއްވާ އިޢުލާންތައް ބަލައި ނުގަންނާނެ ވާހަކަވެސް ދެންނެވީމެވެ.

 

ޢިމާރާތް ހޯދަން ބޭނުންވާ ރަށް:

 ·         ޅ.ނައިފަރު

 

ކުއްޔަށް ހިފަން ބޭނުންވާ ޢިމާރާތާއި ބެހޭ ތަފްޞީލް ހުށަހެޅުން

 • ޢިމާރާތުގެ ބޮޑުމިން ބަޔާން ކުރުން
 • ޢިމާރާތަކީ އޮފީސް ހިންގުމަށް ބޭނުން ކުރެވޭ ފަދަ އިމާރާތަކަށްވުން
 • ޢިމާރާތުގެ ރަޖިސްޓްރީ ކޮޕީ ހުށަހެޅުން
 • ޢިމާރާތް ހުރި ސަރަހައްދު ބަޔާން ކުރުން
 • ޢިމާރާތުގެ ކުލި ބަޔާން ކުރުން
 • ޢިމާރާތް ކުއްޔަށް ދެވޭނެ އެންމެ ދިގު މުއްދަތު.

ނޯޓް: ސަރުކާރުގެ ޢިމާރާތެއްނަމަ އެފަރާތްތަކަށް ޢިސްކަން ދެވޭނެއެވެ.

 

ކުއްޔަށް ހިފަން ބޭނުންވާ ޢިމާރާތުގައި ހުންނަޖެހޭ ކަންތައްތައް

 

 • ޢިމާރާތުގެ ކަރަންޓާއި ފެން ވަކިކޮށްފައި ހުރުން .
 • ޢިމާރާތުގައި ވަކިން ފޯންލައިން އަޅާފައި ހުރުން.
 • ޢިމާރާތުގައި ވަކިން ފާޚާނާ ހުރުން.
 • ·         ޢިމާރާތަކީ ސެކިއުރިޓީ ވަރުގަދަކޮށް ހަދާފައި ހުރި ޢިމާރާތަކަށްވުން.
 • ·         ކަސްޓަމަރުންނަށް ޚިދުމަތް ދިނުމަށް ބޭނުންކުރާގޮތަށް ހޯދޭ ޢިމާރާތަކަށް ވާތީ ޢިމާރާތުގެ ޚިދުމަތްދޭ އޭރިޔާ މަގުމަތިން އެތެރެ ފެންނަގޮތަށް  ބިއްލޫރި ޖަހާފައިވާ ތަނަކަށްވުން
 • ·         ރަށުގެ ރަނގަޅު ހިސާބެއްކަމުގައިވުން (މައި މަގަށް ވާގޮތަށް ހުންނަ ތަނެއްކަމުގައިވުން).

 

ހުށަހަޅަންޖެހޭ އިތުރު މަޢުލޫމާތުތައް:

 

 • ބިޑް ހުށަހަޅުއްވާއިރު ބިމާއި ޢިމާރާތުގެ ވެރިފަރާތްކަން ނުވަތަ ހުށަހަޅާ ތަނަކާ އެފަރާތަކާ ހުރިގުޅުން އެގޭނެ ލިޔުމަކާއި އައި.ޑީ ކާރޑްގެ ކޮޕީ އާއި އެކު ހުށަހެޅުން

 

މި ބިޑާއި ގުޅިގެން ޕޮއިންޓް ދެވޭނެގޮތް ތިރީގައި އެވަނީއެވެ.

 • އަގު: %50
 • ކުއްޔަށްދޭ މުއްދަތު:%20
 • ސެކިއުރިޓީ ގޮތުން ވަރުގަދަ ޢިމާރާތެއްނަމަ: %30
11 ޖުލައި 2019
ހޯދާ