މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ޔުނައިޓަޑް ނޭޝަންސް ފްރޭމްވާރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫ.އެން.އެފް.ސީ.ސީ.ސީ.) ގެ ދަށުން ކޮންމެ ދެއަހަރަކުން އެއް އަހަރު ހުށައަޅަންޖެހޭ ބައިއެނުއަލް އަޕްޑޭޓް ރިޕޯޓް (ބީ.ޔޫ.އާރ) ރިވިއު ކޮށްދޭން ފަރާތެއް ހޯދުމާބެހޭ

އ.ދ.ގެ މޫސުމަށް އަންނަ ބަދަލުތަކާއިބެހޭ މުއާހަދާ، ޔުނައިޓަޑް ނޭޝަންސް ފްރޭމްވާރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫ.އެން.އެފް.ސީ.ސީ.ސީ.) ގެ ދަށުން ކޮންމެ ދެއަހަރަކުން އެއް އަހަރު، މެންބަރ ކޮންމެ ގައުމަކުންވެސް އެގައުމަކުން ބޭރުކުރާ ވިހަގޭހުގެ މިންވަރާއި މިމިންވަރު މަދު ކުރުމަށް ކުރާ މަސައްކަތްތަކާއި އެ މަސައްކަތްތަކަށް ކުރާ ހަރަދުތަކުގެ ތަފްސީލް ބައިއެނުއަލް އަޕްޑޭޓް ރިޕޯޓް (ބީ.ޔޫ.އާރ) ގެ ސިފައިގައި ހުށައަޅަންޖެހެއެވެ. ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގެ އެހީގައި ބީ.ޔޫ.އާރ ރިޕޯޓް ތައްޔާރުކުރުމުގެ މަސައްކަތް މިމިނިސްޓްރީއިން މިދަނީ ކުރަމުންނެވެ. މި ދެންނެވުނު ބީ.ޔޫ.އާރް ރިޕޯޓް ރިވިއު ކޮށްދޭނެ ފަރާތެއް ހޯދުމަށް 30 ޖޫން 2019 ގައި ކުރެވުނު ނަންބަރ: (IUL) 438-CCD/438/2019/164 އިއުލާނަށް އެކަށީގެންވާ ތަރުހީބު ލިބިފައި ނުވާތީ، އަލުން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.  މި މަސައްކަތުގެ "ޓާރމްސް އޮފް ރިފެރެންސް" ޑައުންލޯޑު ކުރެވޭ ގޮތައް، މި އިޢުލާނާއި އެކު އެޓޭޗް ކުރެވިފައި ވާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ. މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުން ވެއްޖެނަމަ ލިޔުމުން މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ.

ހުށަހަޅަށްޖެހޭ ތަކެތި:

  • އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (ސިޓީ)
  • ކޮންސަލްޓަންޓްގެ ވަނަވަރު
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އެޓްސްޓް ކުރެވިފައިވާ ކޮޕީ
  • ކުރީގައި ކޮށްފައިވާ މަސައްކަތްތަކުގެ ރެފަރެންސް ސިޓީ
  • މަސައްކަތުގެ އަގު
  • ކޮންސަލްޓެންސީ ރަޖިސްޓްރޭޝަން ( މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއިން)

 

 

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 18 ޖުލައި 2019 ގެ (13:00) ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 45 ދުވަސް އޮންނަންވާނެއެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

 

ޕްރޮކިޔުމަންޓް ސެކްޝަން

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392 ، ދިވެހިރާއްޖެ

މާފަންނު، ހަނދުވަރީ ހިނގުން

ފޯނު ނަންބަރު: +9603018306 ، 3018329+960

 

09 ޖުލައި 2019
ހޯދާ