މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
2020 ވަނަ އަހަރުގެ ޕްރޮމޯޝަނަލް ބޭގް ޑިޒައިން ކުރުމުގެ މުބާރާތް 2019 ގެ ބައިވެރިވުމުގެ މުއްދަތު އިތުރުކުރުން

                                                                     ނަންބަރ: (IUL)MMPRC-PRO/1/2019/45 

 

 

އިޢުލާން

 

 2020 ވަނަ އަހަރުގެ ޕްރޮމޯޝަނަލް ބޭގް ޑިޒައިން ކުރުމުގެ މުބާރާތް 2019 ގެ ބައިވެރިވުމުގެ މުއްދަތު އިތުރުކުރުން

މި ކޯޕަރޭޝަނުން 2020 ވަނަ އަހަރު ބައިވެރިވާ ފެއަރ، ރޯޑްޝޯ އަދި އެހެނިހެން މާކެޓިންގ އިވެންޓްތަކުގައި ބޭނުންކުރާ، "މޯލްޑިވްސް ސަނީ ސައިޑް ޕްރޮމޯޝަނަލް ބޭގް" ޑިޒައިންކުރުމުގެ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރު ކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

 ވީމާ، މި މުބާރާތުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން، މުބާރާތުގެ ގައިޑްލައިނާއި އެއްގޮތަށް ޑިޒައިންތަށް، 2019 ޖުލައި 17 ވާ ބުދަ ދުވަހުގެ މެންދުރު ފަހު 03:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ. މުބާރާތުގެ ގައިޑްލައިން ތިރީގައިވާ ލިންކުން ލިބިވަޑައިގަންނަވާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 ން 14:00 އާއި ދެމެދު 3323228 ނަންބަރު ފޯނަށެވެ.

https://visitmaldives.com/corporate/wp-content/uploads/2019/07/Maldives-Promotional-Sunny-Side-of-Life-Bag-Design-Competition-Guideline-2019-Extended-2.pdf

                                01 ޛުލްޤަޢިދާ 1440 ހ.

                                04 ޖުލައި 2019 މ.

 

 

 

04 ޖުލައި 2019
ހޯދާ