އަރިއަތޮޅު ދެކުނުބުރީ ދަނގެތީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރާއި ފާލަން ބެލެހެއްޓުމުގެ ޤަވާޢިދު ޢާއްމު ކުރުން:

         މިކައުންސިލުން އެކުލަވާލާފައިވާ މިރަށުގެ ،، ބަނދަރާއި، ފާލަން ބެލެހެއްޓުމުގެ ޤާޢިދު ،،  މި ކައުންސިލްގެ ނަމްބަރު: 69/2019 ( 24 ޖޫން 2019 ) ގެ ޢާއްމު ޖަލްސާގެ އިއްތިފާޤުން ފާސްކޮށް، އެޤަވާޢިދު ޢާއްމުކޮށް އިޢުލާން ކުރަމެވެ.

            މިޤާވާޢިދު ވާނީ، ރަށު ރައްޔިތުންގެ ޢާއްމު ބައްދަލް ވުމަކަށް ހުށަހަޅާއި މި ޤަވާޢިދު ގައިވާ މަޢުލޫމާތު ދެވިފައެވެ. އަދި މި ޤަވާޢިދު އެކުލަވާ ލެވިފައި ވަނީ، އޮޑިވެރިންނާއި، ރައްޔިތުންނާއި، 02 ފަހަރެއްގެ މަތިން ބައްދަލްކޮށް މި ޤަވާޢިދު ގައިވާ މަޢުލޫމާތު ދެވި މި ޤަވާޢިދައް އިޞްލާޙް ހުށަހެޅުމުގެ ފުރުޞަތު ޢާއްމުކޮށް ހުޅުވާލުމަށްފަހު ލިބުނު ޚިޔާލު ތަކުގެ މައްޗަށާއި، އަދި ޢާންމު އުޞޫލް ތަކާއި، ޤަވާޢިދު ތަކަށް ރިޢާއަތް ކޮށްގެނެވެ.

            މި ޤަވާޢިދަށް ޢަމަލުކުރަން ފެށުމާއި، ޤަވާޢިދު ތަންފީޒު ކުރަން ފަށާ ތާރީޚް އަކީ، 01 އޯގަސްޓް 2019 ވާ ( ބުރާސްފަތި ) ދުވަސް ކަމުގައި މިހާރު ވަނީ، ކަނޑައެޅި ފައެވެ.  ވުމާއެކު، މި ޤަވާޢިދު އަށް ރައްޔިތުން ޢަމަލް ކުރުމާއި، މި ކައުންސިލްގެ އިދާރާއިން ޤަވާޢިދު ތަންފީޒު ކުރުމުގެ ލުއި ފަސޭހައަށް ޓަކައި މިހާރުވާނީ، ބަނދަރު ބޭނުން ކުރުމުގައި ޢަމަލް ކުރަންޖެހޭ މުހިންމު ކަންކަން އަންގައިދޭ  ( އެސަރަޙައްދެއް ޚާއްޞަ ކުރެވިފައިވާ ) ގޮތުގެ މަޢުލޫމާތު  ހިމެނޭހެން ބަނދަރުގެ އެކަމަކާއި ގުޅޭ ސަރަޙައްދު ތަކުގައި  ބޯޑުތަކެއް ބެހެއްޓިފައެވެ.

      ވުމާއެކު، މި ޤަވާޢިދުގެ އަސްލުގެ ނަކަލެއް، ފަސޭހަކަމާއެކު ޢާއްމުންނަށް ފެންނާނެހެން މި ކައުންސިލް އިދާރާއިގެ ރަސްމީ ނޯޓިސް ބޯޑުގައި ބެހެއްޓިފައި ހުންނާނެއެވެ. އަދި މި ޤަވާޢިދުގެ 14 ގަނޑު ހިމެނޭ ނަކަލެއް -/28ރ ( އަށާވީސް ރުފިޔާ ) ދެއްކެވުމުން، ޤަވާޢިދު ބޭނުންފުޅުވެ ލައްވާ ފަރާތްތަކަށް، ރަސްމީ ގަޑީގައި މި އިދާރާއިން ލިބޭނޭގޮތުގެ އިންތިޒާމް ވެސް މި ކައުންސިލްގެ އިދާރާގައިވަނީ، ހަމަޖެހިފައެވެ.

      ވީމާ، މި ކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

04 ޖުލައި 2019
ހޯދާ