ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައުޓްބޯޑް 2 އިންޖީނު ނީލަކންކިޔުމާބެހޭ

މިއިދާރާގެ ރަހަނު ލޯންޗުން ބައުވެގެން ނަގާފައިވާ ޔަމަހާ 200 ގެ އައުޓްބޯޑު 2 އިންޖީނު ސިޓީލާ ނީލަމުގައި ވިއްކާލުމަށް ބޭނުންވެއްޖެއެވެ.  2 އިންޖީނު ނީލަންކިއުމަށް ހަމަޖެހިފައިވަނީ 2 އިންޖީނަށް ވަކިންއަގު ހުށަހަޅާ ގޮތަށެވެ. ނީލަމަށް އަގުހުށަހަޅަން ފަށާތާރީޚްއަކީ  08 ޖުލައި 2019 އެވެ. އެއްނަމްބަރ އިންޖީނުގެ ނީލަންފެށޭއަގަކީ -/50000 ރުފިޔާއެވެ. ދެނަމްބަރ އިންޖީނު ނީލަންފެށޭއަގަކީ -/25000 ރުފިޔާއެވެ. ކޮންމެއިންޖީނަކަށްވެސް އަގުއިތުރު ކުރެވޭނީ އެއިރަކު ނީލަމުގައި އޮންނަ އަގަށް ފަހަރަކު މަދުވެގެން -/1000 ރުފިޔާއެވެ. އެކަށީގެންވާ އަގަކަށް އައުމުން ޖެހިޖެހިގެން 3 ދުވަހު އެއްއަގެއް އޮވެއްޖެނަމަ އެއަގުހުށަހެޅި ފަރާތަކަށް ނީލަންނީންމާލެވޭނެއެވެ. ކޮންމެ ދުވަހަކުވެސް ހުށަހެޅިފައިވާ އެންމެމަތީއަގު މިއިދާރާގެ ނޯޓިސްބޯޑުގައި އާއްމުކުރެވިފައިވާނެއެވެ. ނީލަމަށް އަގުހުށަހަޅުއްވާނީ އަގުހުށަހަޅުއްވާ ފޯމުންނެވެ. ފޯމް މިއިދާރާއިން ލިބޭނެއެވެ. އަގު އާއްމުކުރާނީ ކޮންމެ ދުވަހެއްގެ 13:15އެވެ. އެދުވަހެއްގެ ނީލަމުގެ އަގުގައި ހިމަނާނީ އެދުވަހު 13:00އާއި ހަމައަށް ހުށަހަޅާފައިވާ އަގުތަކުގެ ތެރެއިން އެންމެ މަތީއަގަވެ. އޭގެ ފަހުން ހުށަހަޅާ އަގުތައްބަލާނީ ޖެހިޖެހިގެން އަންނަ ދުވަހު ހުށަހެޅި އަގެއްގެ ގޮތުގައެވެ. މިނީލަމުގައި ދުވަސްބަލާނީ ބަންދު ދުވަސްނުހިމަނައެވެ. ބަންދު ދުވަހު ހުށަހަޅާއަގު ބަލާނުގަނެވޭނެއެވެ. ނީލަން ނިންމާލުމަށް ދުވަސް ބަލާނީ ބަންދު ދުވަސް ނުލާ 3 ދުވަސް ހަމަވުމުންނެވެ. ދުވަހެއް ފުރިހަމަ ވިކަމަށް ބަލާނީ ކޮންމެދުވަހެއްގެ 13:15އިން ދުވަސްގުނާ ގޮތުގައެވެ. ނީލަން ކާމިޔާބުކުރާ ފަރާތައް ތަކެތި ދޫކުރެވޭނީ  މިއިދާރާއަށް ފައިސާ ދެއްކުމުންނެވެ.  މަދުވެގެން 7 ދުވަހުގެ ތެރޭގައި ފައިސާ ދައްކާ ތަކެތި ގެންދަންވާނެއެވެ. ނީލަމުން ތަކެތި ނެގުމަށްފަހު ފައިސާ ނުދައްކާއިފިނަމަ ކައުންސިލުން ނިންމަވާ ގޮތަކަށް އެފަރާތަކާމެދު އަމަލުކުރެވޭނެއެވެ.

               އިންޖީނުތަކާބެހޭ މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ އެސިސްޓެންޓް މެއިންޓަނަންސް އޮފިސަރ އަލްފާޟިލް މުޙައްމަދު ރަފީއު  ފޯނުނަމްބަރ 9710106 އާއި ގުޅުއްވުމުމަށާއި، އިދާރާގެ ރަސްމީގަޑީގައި މިއިދާރާއަށް ހާޟިވުންވެސް މަޢުލޫމާތު ސާފުކޮށްދެވޭނެއެވެ

              

     

                                30ޝައްވާލު 1440

                                 03 ޖުލައި 2019

 

 

 

                                                  މުޙައްމަދުފުޅު

                                               އެސިސްޓެންޓް ޑިރެކުޓަރ

03 ޖުލައި 2019
ހޯދާ