މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ފުލްބްރައިޓް ފޮރިން ސްޓޫޑެންޓް ޕްރޮގްރާމް 2020-2021

ފުލްބްރައިޓް ފޮރިން ސްޓޫޑެންޓް ޕްރޮގްރާމް 2020-2021

      ފުލްބްރައިޓް ފޮރިން ސްޓޫޑެންޓް ޕްރޮގްރާމްގެ ދަށުން ކަނޑައެޅިފައިވާ ދާއިރާތަކަކުން އެކެއް ނުވަތަ ދެދަރިވަރުންނަށް އެމެރިކާގައި މާސްޓަރސް ޑިގްރީ ހެދުމުގެ ފުރުޞަތު އޮތްކަމުގައި އެފަރާތުން އަންގާފައިވެއެވެ. މިކޯސްތަކަށް ކުރިމަތިލުމުގެ ޝަރުތުތަކާއި އެޕްލައިކުރެވޭނެ ދާއިރާތަކާއި އިތުރު މައުލޫމާތު މިމިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިން ލިބެން ހުންނާނެއެވެ.

 

       ވީމާ، ފުލްބްރައިޓް ފޮރިން ސްޓޫޑެންޓް ޕްރޮގްރާމްގެ ދަށުން ކިޔެވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 01 އޮގަސްޓް 2019 (ބުރާސްފަތި) ދުވަހުގެ ކުރިން ތިރީގައިވާ ލިންކްގައި ޔޫސަރ އެކައުންޓެއް ހުޅުވުމަށްފަހު އޮންލައިންކޮށް އެޕްލައި ކުރުން އެދެމެވެ. އަދި ދިވެހިރާއްޖޭގައި ހުންނަ އެމެރިކަން ސެންޓަރަށް އެޕްލައިކުރިކަން އީމެއިލް އަކުން އެންގުން އެދެމެވެ. އަދި މިކޯހަށް ޝޯޓްލިސްޓްވާ ފަރާތްތަކަށް ބާއްވާ އިންޓަރވިއު މިއަހަރުގެ އޮގަސްޓްމަހު ފަހުކޮޅުގައި ނުވަތަ ސެޕްޓެމްބަރ މަހު ކުރީކޮޅުގައި އޮންނާނެކަން ސްކޮލަރޝިޕް ދޭ ފަރާތުންވަނީ އަންގަވާފައެވެ.

 

 

American Center email ID: [email protected]

Online application by creating user account: http://apply.iie.org/ffsp2020

 

23 ޖޫން 2019
ހޯދާ