ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
މެޖިސްޓްރޭޓް ކޯޓުތަކުގެ ކޯޓުރޫމަށް ބޭނުންވާ އޯޑިއޯ ކޮންފަރެންސް ސިސްޓަމް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

އިޢުލާން

މެޖިސްޓްރޭޓް ކޯޓުތަކުގެ ކޯޓުރޫމަށް ބޭނުންވާ އޯޑިއޯ ކޮންފަރެންސް ސިސްޓަމް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

މެޖިސްޓްރޭޓް ކޯޓުތަކުގެ ކޯޓުރޫމަށް ބޭނުންވާ އޯޑިއޯ ކޮންފަރެންސް ސިސްޓަމް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: 198F/2019/59 އިޢުލާނުގެ މަޢުލޫމާތު ޝީޓަށް ގެނެވުނު ބަދަލާ  ގުޅިގެން އެ އިޢުލާން ބާޠިލުކޮށް އަލުން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މަސައްކަތުގެ މަޢުލޫމާތު ޝީޓާއި އެހެނިހެން މަޢުލޫމާތު މި ޑިޕާޓްމަންޓްގެ ވެބްސައިޓު http://www.judiciary.gov.mv ގެ ނޯޓިސް ބޯޑު ބައިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 2019 ޖޫން 26 ވަނަ ދުވަހުގެ 14:00 ގެ ކުރިން 3340991 އާ ގުޅުއްވައިގެން މަޢުލޫމާތު ހޯއްދެވުން އެދެމެވެ.

-         އަންދާސީ ހިސާބު ހުށަހަޅާ ތާރީޚް: 01 ޖުލައި 2019 ގެ 09:30

-         އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން: ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

15 ޝައްވާލް 1440

18 ޖޫން 2019
ހޯދާ