މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

       ނަންބަރ: (IUL)306/306/2019/12 

      

އިޢުލާން

 

ވަޒީފާގެ ފުރުޞަތު

 

މަޤާމް

ސެކިއުރިޓީ އޮފިސަރ

ބޭނުންވާ ޢަދަދު

02 (ޝައުޤުވެރިކަން ފާޅުކޮށް ފޯމް ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތައް އިންޓަރވިޔުކޮށް އެންމެ މަތިން މާރކްސް ލިބޭފަރާތްތަކަށް އިސްކަންދީގެން ރޭންކުކޮށް 2 ފަރާތެއް ވަޒީފާއަށް ނެގޭނެއެވެ.(

މަޤާމް އޮތް އޮފީސް

މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ

ވަޒީފާގެ ބާވަތް

ވަގުތީ

ސެކްޝަން

މުނިސިޕަލް ސަރވިސް ސެކްޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން

ރަސްމާދޫ ކައުންސިލް އިދާރާ / ރ. ރަސްމާދޫ

ވަޒީފާ އަދާކުރަންޖެހޭ ވަގުތު

އިރުއޮއްސި 06:00 ން ހެނދުނު 06:00 އަށް ( ސިފްޓް ޑިއުޓީ އުޞޫލުން ސެކިއުރިޓީ ބެލެހެއްޓުން)

މަގާމުގެ މައިގަނޑު މަސްއޫލިއްޔަތު

(1)   ކައުންސިލްގެ ޢިމާރާތާއި، ގޯތިތެރެއާއި، ގޯތީގެ ބޭރުވަށާ މަގުތަކުގެ ސެކިއުރިޓީ ބެލެހެއްޓުން.

(2)   ސެކިއުރިޓީކުރުމަށް ހަމަޖެހިފައިވާ ގަޑިތަކުގައި ޤަވާއިދުން، ފަރުވަތެރިކަމާއިއެކު ޑިއުޓީކުރުން.

 

މަޤާމް

ރޭންކް

ކްލެފިކޭޝާން

ޝަރުޠު

މުސާރަ  (މަހަކަށް)

ސަރވިސް އެލަވަންސް

ސެކިއުރިޓީ އޮފިސަރ

 

 

 

ލިޔަން ކިޔަން އެނގުން، މަގާމުގެމައްސޫލިއްޔަތު އަދާކުރެވޭފަދަ ސިއްހަތެއްގައި ހުރުން. އަދި އުމުރުން 55 އަހަރުވެފައިވާ މީހަކު ކަމުގައި ނުވުން

-/3100 ރުފިޔާ

-/1000 ރުފިޔާ

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

1 -  އުމުރުން 18 އަހަރާއި 55 އަހަރާއި ދެމެދުގެ ފިރިހެނުންނަށް އިސްކަން ދެވޭނެ.

2- ޑިއުޓީގައި ގިނަ ވަގުތު ހޭލާއުޅެވޭނެ ފަރާތަކަށްވުން.

3- ދާއިމީ ބައްޔަކަށް ބޭސްކުރާ ފަރާތަކަށް ނުވުން.

 

 

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އާއި ޕްރެކްޓިކަލްސް އަދި އިމްތިޙާން ކުރުން އޮންނާނެ ތާރީޚާއި ތަން:

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިޔު އަދި ޕްރެކްޓިކަލް އޮންނާނީ ރަސްމާދޫގައެވެ.  މަޤާމަށް އެދިލައްވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް ދެވޭ  އިންޓަވިއު އޮންނާނެ ތާރީޚާއި ގަޑި އަދި ތަނާބެހޭ މައުލޫމާތު 24 ގަޑިއިރު ކުރިން ރަސްމާދޫ ކައުންސިލު އިދާރާއިން އަންގާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

01-  ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް . އެޕްލިކޭޝަން ފޯމު ރަސްމީ ގަޑީގައި ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.

02-  ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

03-  ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ، އަދި ދާއިރާއާއި ގުޅޭ ލިޔުން.

 

މަގާމަށް އެދެންވީ ގޮތާއި ސުންގަނޑި:

2019 މެއި 30 ވާ (ބުރާސްފަތި) ދުވަހުގެ މެންދުރު ފަހު 12:00 ގެ ކުރިން މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ އަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯދެއްވުމަށް ގުޅުއްވާނީ މިއިދާރާގެ ނަންބަރު: 6580049 ފޯނާއެވެ.

               

             ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.              

22 މޭ 2019
ހޯދާ