ޅައިމަގު ސްކޫލް/ ށ.ޅައިމަގު
ދިވެހިރާއްޖެ
2019 އޮކްޓޮބަރ/ނޮވެމްބަރގައި ބޭއްވުމަށް ހަމަޖެހިފައިވާ އޯލެވެލް އިމްތިހާންތަކާއިގުޅޭ

2019އޮކްޓޯބަރ/ނޮވެމްބަރގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖީ.ސީ.އޯލެވެލްއާއި، އައި.ޖީ.ސީ.އެސް.އީ އަދި އެސް.އެސް.ސީ އިމްތިހާން ތަކުގައި މިސެންޓަރުގަ އަމިއްލަގޮތުން ބައިވެރިވާން ބޭނުންވެލަށްވާ ފަރާތްތަކަށް އެފުރުޞަތު އާންމުކޮށްވަނީ ހުޅުވާލެވިފައެވެ.  

ވީމާ، އަމިއްލަގޮތުން މިސެންޓަރުގަ އޯލެވެލް އިމްތިޙަންތަކުގައި ބައިވެރިވެލައްވާން ބޭނުންވާ ކެނޑިޑޭޓުން 2019 މޭ 29ވަނަ ދުވަހުގެ 13:00ގެ ކުރިން މިސްކޫލްގެ އޮފީހަށް އެޕްލިކޭޝަން ފޯމް ހުށަހެޅުއްވުންއެދެމެވެ. ފޯމު ދޫކުރުމާއި ފޯމު ޗެކުކުރުން އަދި  ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00ން  13:00އަށެވެ. ފޯމް ހުށަހަޅުއްވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއި ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަދި ދަންނަވަމެވެ. މިއިމްތިހާން ބޭއްވޭނީ މަދުވެގެން 10 ކެނޑިޑޭޓުން އަމިއްލަގޮތުން މިސެންޓަރުގެ ފަރާތުން ބައިވެރިވާކަމުގައި ވާނަމައެވެ.  

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.   

15 މޭ 2019
ހޯދާ