މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހައުސިންގ ޔުނިޓްތަކަށް އެދޭ ފޯމާއިއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއި ގުޅޭ

                                ނަންބަރު: IUL)321/321/2019/70) 

އިޢުލާން

 

           ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން މިހާރު މިރަށުގައި ޢިމާރާތްކުރަމުންދާ 100 ހައުސިންގ ޔުނިޓްގެ ތެރެއިން 50 ހައުސިންގ ޔުނިޓަށް، ކެޓަގަރީ A އަދި ކެޓަގަރީ B އަށް ފޯމް ހުށަހަޅުއްވާއިރު ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތީގެ ތެރޭގައި އައިޑީކާޑުގެ އަސްލާއި، ކައިވެނީގެ/ ވަރީގެ ސެޓްފިކެޓްގެ އަސްލާއި، ލބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އަޞްލާއި، ތިމާގެ ނަމުގައި އަދި / ނުވަތަ ތިމާގެ އަބިމީހާ/ ފިރިމީހާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ގޯތީގެ ރަޖިސްޓްރީގެ އަސްލު ހުށަހެޅުމަށް އަންގަވާފައިވެއެވެ.

ނަމަވެސް އެލިޔުންތަކުގެ އަސްލު ހުށަހެޅުމަކީ ދަތިކަމަކަށް މިކައުންސިލަށް ފެންނާތީ، ލިޔުންތަކުގެ ކޮޕީގައި ސަރުކާރު ރަސްމީ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން އަސްލާއެއްގޮތް ކަމުގެ ތައްގަޑު ޖަހާފައިވާ ލިޔުންތަކުގެ ކޮޕީ ފޯމާއިއެކު ހުށަހެޅުމުން ބަލައި ގަންނާނެ ވާހަކަ ދަންނަވަމެވެ. އަދި އަސްލާއި އެއްގޮތަކަމުގެ ތައްގަޑު ޖަހާފައިވާ ލިޔުންތައް ފޯމާއެކު ހުށަހެޅުމުން ލިޔުންތަކުގެ އަސްލުހުށަހަޅަން ނުޖެހޭނެ ވާހަކަވެސް މިފުރުޞަތުގައި ދަންނަވަމެވެ.

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

 

                07   ރަމަޟާން    1440

12 މޭ 2019
ހޯދާ