މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
1440 ވަނަ އަހަރު ރަމަޟާން މަހު ހަފްތާއަކު ދެދުވަހު ބާއްވާ އިޙްޔާ ފޯރަމްގެ ރިފްރެޝްމަންޓް ހަމަޖައްސައިދޭނެ ފަރާތެއް ހޯދުން

އިޢުލާން

         ތިރީގައިވާ މަޢުލޫމާތާއި ކަރުދާހާއި އެއްގޮތަށް 1440 ވަނަ އަހަރު ރަމަޟާން މަހު ހަފްތާއަކު ދެދުވަހު ބާއްވާ އިޙްޔާ ފޯރަމްގެ ރިފްރެޝްމަންޓް ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކުރަން ބޭނުންވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި މިނިސްޓްރީއަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ހަރަކާތް

ތަން

ތާރީޙް

ގަޑި

އެސްޓިމޭޓް ހުށަހެޅުން

މިނިސްޓްރީގެ މީޓިންގް ރޫމް - 01

11 މެއި 2019

10:00

 

 

އިތުރު މައުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3020239 ފޯނަށެވެ.

 

                                   2   رَمَضَانْ   1440

 

 

 

1440 ވަނަ އަހަރުގެ ރަމަޟާން މަހުގެ އިޙްޔާ ފޯރަމްތަކަށް ރިފްރެޝްމަންޓް ތައްޔާރުކުރުމަށް ދެވޭ މަޢުލޫމާތު ކަރުދާސް

(IUL) 142-A1/142/2019/17އިޢުލާނާއި ގުޅޭ

  1. 1.  1440 ވަނަ އަހަރުގެ ރަމަޟާން މަހުގެ އިޙްޔާ ފޯރަމްތަކަށް ރިފްރެޝްމަންޓް ހަމަޖެއްސުން
  • ރިފްރެޝްމަންޓް ހަމަޖައްސަންޖެހޭނީ ރަމަޟާން މަހުގެ ކޮންމެ ހަފްތާއެއްގެ ހޯމަވިލޭރޭއާއި ހުކުރުވިލޭރޭގައެވެ. (ޖުމުލަ 07 ފޯރަމް)
  • ރިފްރެޝްމަންޓް ހަމަޖައްސަން ޖެހޭނީ ކޮންމެ ފޯރަމަކަށް 400 މީހުންނަށެވެ.
  • ރިފްރެޝްމަންޓް ތައްޔާރުކުރަންޖެހޭނީ 350 މީހުންނަށް އިސްލާމީ މަރުކަޒުގެ ލޮބީގައެވެ. އަދި 50 މީހުންނަށް މިނިސްޓްރީގެ މީޓިންގ ރޫމް 1 ގައެވެ.
  • އިސްލާމީ މަރުކަޒުގެ ލޮބީގައި ރިފްރެޝްމަންޓް ތައްޔާރުކުރާއިރު، ބުފޭ ޖައްސަވާނީ އަންހެން އަދި ފިރިހެން ބޭފުޅުންނަށް ވަކިންނެވެ. އަންހެން ބޭފުޅުންނަށް ބުފޭ ޖައްސަވާނީ 180 މިހުންނަށް ވާވަރަށެވެ. އަދި ފިރިހެން ބޭފުޅުންނަށް ބުފޭ ޖައްސަވާނީ 170 ބޭފުޅުންނަށް ވާވަރަށެވެ.
  • އަގުހުށަހަޅާނީ ތިރީގައިވާ މެނޫތަކަށެވެ.
  • ބުފޭޖަހަން ބޭނުންވާ މޭޒު މިނިސްޓްރީން ފޯރުކޮށްދެއްވާނެއެވެ. ނަމަވެސް މޭޒުގައި އަޅާ ފޮތި ހޯދަންވާނީ މަސައްކަތް ކުރާ ފަރާތުންނެވެ.
  • އަގު ހުށަހަޅުއްވާނީ ބޮލަކަށްޖެހޭ ރޭޓް އެނގޭގޮތަށް، 07 ފޯރަމްގެ ޖުމްލަ އަގުވެސް އެނގޭގޮތަށެވެ.

 

ހަފްތާ 1 އަދި 03 ގެ މެނޫ

 

ހަފްތާ 2 އަދި 4 ގެ މެނޫ

ކުޅި ހެދިކާ:

 

ކުޅި ހެދިކާ:

ސޮސެޖް ރޯލްސް

 

ހަނޑުލު ގުޅަ

ރިހަ ފޮޅި

 

ބަޖިޔާ

ބިސް ކީމިޔާ

 

ކަވާބު

ޗިކަން ސޭންޑްވިޗް

 

ޓޫނާ ސޭންޑްވިޗް

ފިޝް ފިންގާސް

 

ޗިކަން ނަގެޓްސް

ކުޅި ބޯކިބާ

 

ކަޓްލަސް

ފޮނިހެދިކާ:

 

ފޮނިހެދިކާ:

ގެރިކިރު ކޭކް

 

ކެރަމަލް ޕުޑިން

ކެރަމަލް ޕުޑިން

 

ޗޮކްލެޓް ކޭކް

ސުވިސް ރޯލް

 

ރޯސް ޕާން

ބެވަރޭޖްސް:

 

ބެވަރޭޖްސް:

ކޮކާ ކޯލާ

 

ކޮކާ ކޯލާ

ފެންޓާ އޮރެންޖް

 

ފެންޓާ އޮރެންޖް

ފަލޫދާ

 

ފަލޫދާ

ފެން

 

ފެން

ދުފުން

 

ދުފުން

 

  1. 2.      ހުށަހަޅަންޖެހޭ ތަކެތި:

ހ. ބިޑް ޕްރޮޕޯސަލް.

ށ. މީގެ ކުރިން މިބާވަތުގެ މަސައްކަތްކޮށްފައިވާކަން އެގޭނެ ލިޔުންތައް.

ނ. ވިޔަފާރި ކުރުމަށް ނުވަތަ ޚިދުމަތް ދިނުމަށް އެކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާކަމުގެ ލިޔުން.

ރ. އެސްޓިމޭޓްގައި ޖީއެސްޓީ ހުށަހަޅައިފައިވާ ފަރާތްތަކުން ޖީއެސްޓީ ރަޖިސްޓްރީ ކޮޕީ ހުށަހަޅަންވާނެއެވެ.

ބ. އެސްޓިމޭޓް ހުށަހަޅާއިރު ނަންބަރު ނ އަދި ރ ގައިވާ ލިޔުން ހުށަނާޅާނަމަ އެސްޓިމޭޓް ބަލައެއް ނުގަނެވޭނެއެވެ.

ޅ. ޓެކްސް ކްލިއަރެންސް ރިޕޯޓް

  1. 3.      މަސައްކަތް ހަވާލުކުރާނެ ފަރާތެއް ހޮވުމުގައި ޕޮއިންޓްދެވޭނެ ގޮތް

ހ- މަސައްކަތުގެ އަގަށް: %70

ށ- މަސައްކަތުގެ ތަޖުރިބާއަށް: %30 (ތަޖުރިބާ އަށް ޕްއިންޓް ލިބޭނީ 01 މެއި 2018 އިން ފެށިގެން އެސްޓިމޭޓް ހުށަހަޅާ ދުވަހާއި ހަމައަށް މިބާވަތުގެ މަސައްކަތްކޮށްފައިވާ ކަމުގެ ލިއުންތަކަށް އެކަންޏެވެ.)

07 މޭ 2019
ހޯދާ