ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ރުއްތައް ކުއްޔަށް ދިނުން

ރައްޔިތުންގެ ރުއްތައް ކުއްޔަށް ދިނުން

 

                                       ފޮނަދޫގެ ބައެއް މަގުތަކާއި އަދި އިޖުތިމާޢީ ސަރަހައްދުތަކުގައި ހުރި ރައްޔިތުންގެ ރުއްތައް 02 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމަށްވަނީ ހަމަޖެހިފައެވެ.

                ވީމާ، މިރުއްތައް ކުއްޔަށް ނެގުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2019 އޭޕްރީލް 28 ވާ އާދީއްތަ ދުވަހުގެ 13:00އަށް މި އިދާރާގެ މީޓިންގ ރޫމަށް ދުރުވެ ބިޑު ހުށަހެޅުއްވުން އެދެމެވެ. ބިޑު ހުށަހަޅާ ފޯމާއި މަޢުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު ގެޒެޓް ކުރެވިފައިވާނެއެވެ. އަދި ރަސްމީ ގަޑީގައި މިއިދާރާއިން ލިބެން ހުންނާނެއެވެ.

                  އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ މިކައުންސިލްގެ ނަންބަރު 6800082 ފޯނަށް ގުޅުއްވުމުން ލިބޭނެ ވާހަކަ ދެންނެވީމެވެ.

21 އޭޕްރިލް 2019
ހޯދާ