ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އެފް އޭ ފުޓްސަލް ކަޕް 2019

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން ރާއްޖޭގެ ކުލަބް، ޖަމްޢިއްޔާ، ޖަމާއަތްތަކަށް އަމާޒުކުރެވިގެން އެފް.އޭ ފުޓްސަލް ކަޕް 2019 ގެ ނަމުގައި ފުޓްސަލް މުބާރާތެއް (އަންހެން އަދި ފިރިހެން) ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ރަމަޟާން މަހުގެ ދެވަނަ ހަފްތާގައެވެ. ވީމާ، މި މުބާރާތުގައި ބައިވެރިވެލެއްވުމަށް ޝައުގުވެރިވެލައްވާ ކުލަބް ޖަމްއިއްޔާ ޖަމާއަތްތަކުން 25 އޭޕްރީލް 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން  މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯރމް ފުރިހަމަ ކުރުމަށްފަހު މި އެސޯސިއޭޝަނަށް ހުށަހެޅުއްވުން އެދެމެވެ. މި މުބާރާތުގެ ޓީމް ލިސްޓް 02 މެއި 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި އެސޯސިއޭޝަނަށް ހުށަހަޅަންވާނެއެވެ. އަދި މި މުބާރާތުގެ ގުރުއަތު ލުން އޮންނާނީ 02 މެއި 2019 ވާ ބުރާސްފަތި ދުވަހުއެވެ.

 

މި މުބާރާތުގައި ބައިވެރިވެވޭނީ ކޮމިޝަނަރ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީ ކުރެވިފައިވާ ކުލަބް، ޖަމްޢިއްޔާ، ޖަމާއަތްތަކަށެވެ. އަދި މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ފިރިހެން 16 (ސޯޅަ) ޓީމް އަށާއި އަންހެން 8 (އަށެއް) ޓީމް އަށެވެ. މި މުބާރާތުގައި ބައިވެރިވާ ޓީމްތައް ހޮވުމުގައި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މެމްބަރު ކުލަބްތަކަށް އިސްކަން ދެވޭނެއެވެ.

 

މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯރމް އަދި މުބާރާތުގެ ޤަވާޢިދު ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރިސެޕްޝަނުން ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ 10:00 އިން 15:00 އަށް ލިބެން ހުންނާނެ ވާހަކަވެސް އެންމެހައި ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި ދަންނަވަމެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފީ އަކީ 2000 (ދެހާސް) ރުފިޔާއެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމް އަށް ފައިސާގެ އިނާމްގެ ގޮތުގައި 50،000.00 (ފަންސާސް ހާސް) ރުފިޔާ އަދި ރަނަރަޕް ޓީމް އަށް ފައިސާގެ އިނާމްގެ ގޮތުގައި 25،000.00 (ފަންސަވީސް ހާސް) ރުފިޔާ ދިނުމަށްވަނީ ހަމަޖެހިފައެވެ. އެހެން ކަމުން މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އެންމެހައި ކުލަބް، ޖަމްއިއްޔާ، ޖަމާއަތްތަކަށް ހުޅުވާލަމެވެ.     

 

މި މުބާރާތާއި ބެހޭގޮތުން އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ 7555757 އަދި 9681012 އާއި ގުޅުއްވުން އެދެމެވެ.

17 އޭޕްރިލް 2019
ހޯދާ