މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސަޕްލައި ދޯނީގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމާއި ބެހޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ސަޕްލައި ދޯނީގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމާއި ބެހޭ

 

      މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) ގެ މުދާތައް މާލެއާއި ހުޅުލެއާއި ދެމެދު އުފުލާނެ ދޯންޏެއް ދިގު މުއްދަތަކަށް ކުއްޔަށް ހިފަން ބޭނުން ވެއެވެ.

      މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން 22 އެޕްރީލް 2019 ވާ ހޯމަ ދުވަހުގެ މެންދުރު 14:00 ގައި މި ކުންފުނީގެ މައި އިދާރާ (އެމް.އޭ.ސީ.އެލް ކޯޕަރޭޓް އޮފީސް، ވީ.އައި.އޭ)ގައި އޮންނާނެއެވެ. މިކަމާބެހޭ މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ ދެންނެވިފައިވާ ގަޑިއަށް ހާޒިރުވާ ފަރާތްތަކަށް އެކަންޏެވެ. މަޢުލޫމާތު ނަގަން ހާޒިރުވާ ފަރާތް ފިޔަވައި އެހެން ފަރާތެއްގެ ނަމުގައި މަޢުލޫމާތު ނުނެގޭނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ނަގަން ހާޒިރުނުވާ ފަރާތްތަކުގެ ބީލަން ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.

      ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ29 އެޕްރީލް 2019 ވާ ހޯމަ ދުވަހުގެ މެންދުރު 14:00 ގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 29 އެޕްރީލް 2019 ވާ ހޯމަ ދުވަހުގެމެންދުރު 14:00 ގައި، މިކުންފުނީގެ މައި އިދާރާގައި ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

      ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން، މިކުންފުންޏަށް އެންމެ ފައިދާހުރި ބީލަމެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި އެވޯޑްކުރެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3337266/3337204/3337236/3337279 ، ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް    www.macl.aero އަށެވެ.

 

15 އޭޕްރިލް 2019
ހޯދާ