މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ފެންދޭ ނިޒާމް ޤާއިމް ކުރުމުގެ ޕްރޮގްރާމް ހިންގުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު

ދަނޑުވެރިކަމުގައި ބޭނުންކުރަމުން ގެންދާ ފެނުގެ ވަޞީލަތް އެންމެ އެދެވޭ ގޮތުގައި ބޭނުންކުރުމަށް ބާރު އެޅުމުގެ ގޮތުން މިނިސްޓްރީން ކުރިއަށް ގެންދިއުމަށް ދަނޑަށް ފެންދިނުމަށް ބޭނުންވާ ތިމާވެއްޓާއި ރައްޓެހި ޒަމާނީ ވަޞީލަތްތައް ދަނޑުތަކުގައި ޤާއިމްކޮށްދިނުމުގެ ޕްރޮގްރާމެއް 2019 ވަނަ އަހަރު ހިންގުމަށް މިނިސްޓްރީން ވަނީ ނިންމާފައެވެ. މިއަހަރު މިޕްރޮގްރާމުގެ ދަށުން ފެންދިނުމަށް ބޭނުންވާ ވަޞީލަތްތައް ޤާއިމްކޮށްދިނުމަށް ހަމަޖެހިފައިވަނީ މިކަމަށް ޝައުޤުވެރިކަން ފާޅުކުރާ ރަށްރަށުގެ ތެރެއިން ހޮވާލެވޭ 1 ރަށުގައެވެ.

މި ޕްރޮގްރާމް އެރަށެއްގައި ހިންގުމަށް ޝައުޤުވެރިވެ ވަޑައިގަންނާ ރަށްރަށުން އެކަމަށް އެދި ހުށަހަޅުއްވާނީ އެރަށެއްގެ ރަށު ކައުންސިލުންނެވެ.ފޯމު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ޕްރޮގްރާމު ހިންގާނޭ ރަށެއް ކަނޑައެޅުމުގައި ބަލާނީ ތިރީގައި މިވާ ކަންކަމަށެވެ.

  • ދަނޑުވެރިކަން ފުޅާ ކުރުމަށް ބިން ލިބެން ހުރި މިންވަރު
  • ދަނޑުމަތީގައި ފެން ނެގޭނެ އިންތިޒާމް ގާއިމްވެފައި ހުރި މިންވަރު
  • ރަށުގައި ދަނޑުވެރިކަން ކުރަމުންދާ ނިސްބަތް
  • ހަވާލުކުރެވޭ ސިސްޓަމްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމުގެ ގާބިލްކަން ދައްކައިދީފައިވާ މިންވަރު
  • ރަށުގެ ދަނޑުބިންތައް ކައުންސިލުގެ ފަރާތުން ބަލަހައްޓަމުންދާ ގޮތް
  • ޕްރޮގްރާމަށް ބޭނުންވާ ބިން ސާފުކުރުމުގެ ކަންކަން ކުރުމުގެ ޤާބިލުކަން ހުރި ކައުންސިލަކަށްވުން

އިތުރު މަޢުލޫމާތު:

އިތުރުމަޢުލޫމާތު ހޯއްދެވުމަށް މިމިނިސްޓްރީގެ ނަމްބަރ 3339232، 3339264 އަށް ގުޅުއްވުން އެދެމެވެ.

ހުށަހަޅަންޖެހޭ ތަކެތި:

އެޕްލިކޭޝަންފޯމް ހުށަހެޅުން (އެޕްލިކޭޝަން ފޯމާއި މައުލޫމާތު ކަރުދާސް ދިވެހިސަރުކާރުގެ ގެޒެޓުން ލިބިލައްވާނެ)

http://www.gazette.gov.mv  (ގެޒެޓުގެ އާއްމު އިޢުލާންގެ ބައިން)

ސުންގަޑި: 18 އެޕްރީލް 2019 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން

 

10 އޭޕްރިލް 2019
ހޯދާ