ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފިއުލް ސަޕްލައިސް މޯލްޑިވްސް ކ.ތިލަފުށި ސައިޓުގައި ހުންނަ ބައު ދަގަނޑާއި، ތެޔޮ ހުސްކުރި ފީފާ އަދި ބެޓެރި ފަދަ ތަކެތި ކޮންޓްރެކްޓް އުޞޫލުން، 1 އަހަރު ދުވަހުގެ މުއްދަތަށް ގަންނާނެ ފަރާތެއް ހޯދުމަށް
ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު
ފިއުލް ސަޕްލައިސް މޯލްޑިވްސް ކ.ތިލަފުށި ސައިޓުގައި ހުންނަ ބައު ދަގަނޑާއި، ތެޔޮ ހުސްކުރި ފީފާ އަދި ބެޓެރި ފަދަ ތަކެތި ކޮންޓްރެކްޓް އުޞޫލުން، 1 އަހަރު ދުވަހުގެ މުއްދަތަށް ގަންނާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިފަދަ ތަކެތި ބައްލަވައިގަތުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
- މަޢުލޫމާތު ސާފުކުރުން: 08 އޭޕްރީލް 2019 ވާ ހޯމަ ދުވަހުގެ 14:00 ގައި އެސްޓީއޯ އައިފާނު ބިލްޑިންގ ގެ 4 ވަނަ ފަންގިފިލާގައި
- ބީލަން ހުށަހެޅުމާއި ހުޅުވުން: ބީލަން ހުށަހެޅުމާއި، ހުޅުވުން އޮންނާނީ 14 އޭޕްރީލް 2019 ވާ އާދީއްތަ ދުވަހުގެ 14:00 ގައި އެސްޓީއޯ އައިފާނު ބިލްޑިންގ ގެ 4 ވަނަ ފަންގިފިލާގައި
މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޟިރުނުވާ ފަރާތްތަކާއި، ބީލަން ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެކަމުގައިވެސް ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3331457 ނުވަތަ 3331456 ނަންބަރު ފޯނަށް ގުޅުވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
04 އޭޕްރިލް 2019
ހޯދާ