ދިވެހިރާއްޖެ
މިކޯޓުގެ މައިދެދޮރު ބަދަލުކުރުމާއި ވެއިޓިން ހޯލުގެ ކުޑަދެދޮރު ނަގައި ރާނާ ބެއްދުމާއި، ކުޑަދޮރުތަކާއި
ފެންލައިޓުތަކުގައި ދަގަނޑު ފުރޭމު ހަރުކޮށްދޭނެ ފަރާތެއް ހޯދުން
މިކޯޓުގެ މައިދެދޮރު ބަދަލުކުރުމާއި ވެއިޓިން ހޯލުގެ ކުޑަދެދޮރު ނަގައި ރާނާ ބެއްދުމާއި، ކުޑަދޮރުތަކާއި ފެންލައިޓުތަކުގައި ދަގަނޑު ފުރޭމު ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
މަތީގައި ދެންނެވިފައިވާ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ބޭނުންވެލައްވާ ފަރާތްތަކުން 10 އޭޕްރީލް 2019 ވަނަ ދުވަހުގެ 13:00 ށް މިކޯޓަށް ވަޑައިގެން މަސައްކަތާބެހޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، މިމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެސްޓިމޭޓް ހުށަހަޅުއްވާނީ 25 އޭޕްރީލް 2019 ވަނަ ދުވަހުގެ 13:00ން، 13:15 ށެވެ. މީގެ ފަހުން ހުށަހަޅުއްވާ އެއްވެސް އެސްޓިމޭޓެއް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
ޕޮއިންޓްދޭނެ އުޞޫލު:
- މަސައްކަތުގެ އަގަށް 70 ޕޮއިންޓް (އެންމެ ގިނަ ޕޮއިންޓް އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް)
- މަސައްކަތުގެ މުއްދަތަށް 05 ޕޮއިންޓް (އެންމެ ގިނަ ޕޮއިންޓް އެންމެ ކުރު މުއްދަތެއް ހުށަހަޅާ ފަރާތަކަށް)
- މަސައްކަތުގެ ތަޖުރިބާއަށް 25 ޕޮއިންޓް (ވޭތުވެދިޔަ 2018 ވަނަ އަހަރުން ފެށިގެން މިފަދަ މަސައްކަތް ނިންމާފައިވާކަމަށް މަސައްކަތް ކުރުވިފަރާތުން ދީފައިވާ ތަޖުރިބާގެ ލިޔުންތަކަށް ބެލުމަށްފަހު އެންމެ ގިނަ ޕޮއިންޓް)
ހުށަހެޅޭ އަންދާސީ ހިސާބުތައް ކެނޑުން އޮންނާނީ އަންދާސީ ހިސާބު ހުށަހެޅުއްވި ފަރާތްތަކުގެ ޙާޟިރުގައެވެ.
ވީމާ،މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
28 ރަޖަބު 1440
04 އޭޕްރީލް 2019