ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ވާދައިގެ ތަށްޓަށް ބާއްވާ ވާހަކަދެއްކުމުގެ 34ވަނަ ޤައުމީ މުބާރާތުގެ ބަހުސްގެ ބައިގައި ބައިވެރިވުމުގެ ފުރުޞަތު އިތުރުކުރުން

އިޢުލާނު

އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ވާދައިގެ ތައްޓަށް ބާއްވާ ވާހަކަދެއްކުމުގެ 34ވަނަ ޤައުމީ މުބާރާތުގައި ހިމެނޭ ބަހުސްގެ ބައިގައި ބައިވެރި ވުމުގެ ފުރުސަތު އިތުރުކުރުމާ ބެހޭ

 

އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ވާދައިގެ ތަށްޓަށް ބާއްވާ ވާހަކަދެއްކުމުގެ 34ވަނަ ޤައުމީ މުބާރާތުގެ ނަންބަރު: (IUL)430-DBA-B/430/2019/13 އިޢުލާނާ ގުޅޭގޮތުން ދަންނަވަމެވެ. މި މުބާރާތުގައި ހިމެނޭ ކްލަބް/ޖަމްޢިއްޔާ/ޖަމާޢަތްތަކުގެ ބައިގައި ބައިވެރިވެފައިވާ މިންވަރު މަދުވުމުގެ ސަބަބުން މި ބައިގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތަކަށް އިތުރު ފުރުސަތު ހުޅުވާލި ވާހަކަ ދެންނެވީމެވެ. މުބާރާތުގައި ބައިވެރިވުމަށް ޓަކައި ދިވެހިބަހުގެ އެކެޑަމީގެ ވެބްސައިޓުގައިވާ ކްލަބް/ޖަމްޢިއްޔާ/ޖަމާޢަތްތަކުގެ ބައިގެ ގޫގުލް ފޯމުގައިވާ މަޢުލޫމާތު ފުރިހަމަ ކުރެއްވުމަށް ފަހު 2019 އޭޕްރީލް މަހުގެ 9ވަނަ ދުވަހުގެ 13:00ގެ ކުރިން ފޮނުއްވައިދެއްވުން އެދެމެވެ.

04 އޭޕްރިލް 2019
ހޯދާ