ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު

މިއިދާރާގެ ނަންބަރު (IUL)328-ED/328/2019/18 (04 މާރިޗް 2019) ނަންބަރު އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އިޢިލާންކުރަމެވެ.

 

2. އާމިނާމަގު ސަރަޙައްދުގައި ހަޓެއް ޢިމާރާތް ކުރުމާއި، އެ ސަރަޙައްދުގައި މަގުބައްތި ޖެހުމާއި، އަދި ކޭބަލް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވެލައްވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

 

3. ބީލަމުގައި ބައިވެރވުމަށް އެދޭ ފަރާތްތަކުން "ބިޑް ރެޖިސްޓްރޭޝަން ފޯމް" ފުރިހަމަ ކުރެއްވުމަށްފަހު އިދާރާއަށް ހުށަހެޅުއްވުމުން، ބީލަމުގައި ރަޖިސްޓަރީވިކަމުގެ ސްލިޕް ރަޖިސްޓަރީ ނަމްބަރާއިއެކު 24 ގަޑިއިރުގެ ތެރޭގައި ފޮނުވޭނެއެވެ. ބީލަމުގައި ރަޖިސްޓަރީވިކަމަށް ޔަގީންކުރަންވާނީ ރަޖިސްޓަރީ ނަންބަރު ލިބުމުންނެވެ.

 

4. ބީލަމުގައި ރަޖިސްޓަރީވެވޭ އެންމެ ފަހު ވަގުތަކީ 07 އޭޕްރީލް 2019 (އާދިއްތަ) ދުވަހުގެ 13:00 އެވެ. ބީލަމަށް ރަޖިސްޓަރީކުރަން ދެވިފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯރމެއް ބަލައި ނުގަނެވޭނެ ވާހަކަ ބީލަންވެރިންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

 

5. ޕްރީ ބިޑް މީޓިންގ އޮންނާނީ ތިރީގައި ބަޔާންކޮށްފައިވާ ވަގުތާއި ތާރީޚުގައި މި އިދާރާގެ މީޓިންގ ރޫމްގައެވެ.

   ތާރީޚް: 09 އޭޕްރީލް 2019 (އަންގާރަ) ދުވަހުގެ ހެނދުނު 10:30 އެވެ.

 

6. ބީލަން ހުޅުވުން އޮންނާނީ 16 އޭޕްރީލް 2019 (އަންގާރަ) ދުވަހުގެ 13:00 ގައި މިއިދަރާގެ މީޓިންގ ރޫމްގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތަރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.  

 

7. ބިޑް ހުޅުވުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބީލަމަށް ރަޖިސްޓަރީވުމަށް އެދި ފޯރމް ހުށަހަޅާ ބީލަމުގައި ރަޖިސްޓަރީ ކުރެވިފައިވާކަމުގެ ސްލިޕް ފޯރުކޮށްދެވިފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

 

8. މި ޕްރޮޖެކްޓާއިގުޅޭ އެންމެހާ މަޢުލޫމާތު ބީލަމުގައި ރަޖިސްޓަރީ ކުރެވިފައިވާ ސްލިޕް ފޯރުކޮށްދޭއިރު، ލިބިވަޑައިގަންނަވާނެއެވެ.

 

9. ޕްރޮޖެކްޓާއިގުޅޭ އެއްވެސް ސުވާލެއްވާނަމަ، އެކަމެއް ސާފުކުރައްވާނީ ޕްރީބިޑް މީޓިންގް ގައެވެ.

 

10. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވައިޑައި ގަންނަވާނެއެވެ.

   އެކޮނޮމިކް ޑިވެލޮޕްމަންޓް ސެކްޝަން

   ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ

   ލޮއިޒިޔާރަތްމަގު، ޅ.ކުރެންދޫ، ދިވެހިރާއްޖެ

   ފޯން: 6620001، 7509075

   އީ.މެއިލް: [email protected]

   ކޮޕީ: [email protected]  

03 އޭޕްރިލް 2019
ހޯދާ