ދިވެހިރާއްޖެ
ޕިކަޕެއް ހޯދުމާއިގުޅޭ
މިއިދާރާގެ ނަމްބަރ: 352/2019/09 (24/03/2019) އިޢުލާނަށް އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފްކުރަން ހާޒިރުވެފައިނުވާތީ، މިއިޢުލާން ބާޠިލްކުރުމަށްފަހު، މިއިދާރާއަށް، 1.5 ޓަނުގެ ޕިކަޕެއް (މުޅިން އައު، ނުވަތަ ސެކަންހޭންޑް ވެހިކަލްއެއް) ގަތުމަށް 02 ވަނަ ފަހަރަށް އިޢުލާންކުރަމެވެ.
ވީމާ، މިދަންނަވާގޮތުގެ މަތިން، މިދެންނެވި ޕިކަޕް މިއިދާރާއަށް ހޯދައިދިނުމުގެ ކަންތައްތައް ކުރިއަށް ގެންދެވުން އެދެމެވެ.
މަޢުލޫމާތު ސާފުކޮށްދިނުމާއި، މަޢުލޫމާތު ކަރުދާސް ދިނުން އޮންނާނީ، 10 އޭޕްރީލް 2019 ވާ ބުދަ ދުވަހުގެ 13:30 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
ބިޑް/ލިޔުންތައް ހުށަހެޅުން (ބަލައިގަތުން) އޮންނާނީ، 17 އޭޕްރީލް 2019 ވާ ބުދަ ދުވަހުގެ 13:30 ގައި، މިއިދާރާގެ ޖަލްސާކުރާ މާލަމް ގައެވެ.
މިކަމަށް އެދި ހުށަހެޅުއްވޭނީ، މަޢުލޫމާތު ސާފުކޮށްދިނުމުގެ ބައްދަލުވުމަށް ޙާޒިރުވެ، ރަޖިސްޓަރީވި ފަރާތްތަކަށެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.