ޅ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ހެލްތް އެސިސްޓެންޓް ހޯދުމަށް

މަޤާމު:                ހެލްތް އެސިސްޓެންޓް

ބޭނުންވާ އަދަދު:          01

މަސައްކަތްކުރަންޖެހޭ އޮފީސް: ޅ. އަތޮޅު ތަޢުލީމީ މަރުކަޒު

ރަށް:                 ޅ. ހިންނަވަރު

މަޤާމުގެ ބާވަތް:          ވަގުތީ

މުއްދަތު:               03 މަސް ދުވަސް

ސެކްޝަން:             އެކަޑަމިކް

މަޤާމު

ރޭންކް

ކްލެސިފިކޭޝަން

ޝަރުޠު

މަޤާމުގެ އަސާސީ މުސާރަ

ސަރވިސް އެލަވަންސް

 

 

 

 

 

 

 

 

ހެލްތް އެސިސްޓެންޓް

 

 

 

 

 

 

 

 

GS4

 

 

 

 

 

 

 

 

 

 

 

 

 

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް

މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން ނުވަތަ

* މަތީ ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން  ނުވަތަ

ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

 

 

 

 

 

 

 

-/5020 ރ

 

 

 

 

 

 

 

 

-/1500ރ

 

ވަޒީފާގައި މައިގަނޑުގޮތެއްގައި ކުރައްވަންޖެހޭ މަސައްކަތްތައް:

  1. ސްކޫލްގެ ކިޔަވައިދޭ ގަޑިތަކުގައި ޞިއްޙީ ހިދުމަތްބޭނުންވެގެން ގެނެވޭ ކުދިންނަށް އަވަސް ފަރުވާދިނުން
  2. ޞިއްޙީ ހިދުމަތްބޭނުންވެގެން ގެނެވޭ ކޮންމެ ކުއްޖެ ދުވަހުން ދުވަހަށް ރެކޯޑް ކުރެއްވުން
  3. ބަލިހާލުބޮޑުވެގެން ގެނެވޭ ދަރިވަރުންގެ މަޢުލޫމާތު ބެލެނިވެރިންނަށް ވަގުތުން އެކަން އެންގުން އަދި އެވަގުތު އެގްރޭޑް ހިންގުމާއި ހަވާލުވެހުންނެވި ލީޑީންގ ޓީޗަރ ގެ ސަމާލުކަމަށް އެކަން ގެނައުން
  4. ހެލްތްރޫމް އަށް ގެނެވޭ ދަރިވަރުންނަށް ދެވޭ ޚިދުމަތުގައި އެހީތެރިކަމާއި ފަރުވާތެރިކަން ބެހެއްޓުން
  5. ދަރިވަރުންނާ މުޢާމަލާތު ކުރުމުގައި އޯގާތެރިކަމާއެކު މުޢާމަލާތުކުރުން.
  6. ފަސްޓްއެއިޑް ފޮށީގައި އަބަދުވެސް ތަކެތި ހަމަޔަށް ބެހެއްޓުން.
  7. އިންޓަރހައުސް އަދި އިންޓަރސްކޫލް ކުޅިވަރު މުބާރާތްތަކާއި އަދި މީގެ އިތުރުން ކުދިންނަށް ބޭއްވޭ ތަފާތު ޙަރަކާތްތަކުގައި ބޭނުން ވެދާނެ ޞިއްޙީ ފަރުވާއެއްގެ އިންތިޒާމުކުރުން.
  8. މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި މިނިސްޓްރީ އޮފް ހެލްތު ގުޅިވަޑައިގެން ކޮންމެ އަހަރަކު ސްކޫލްތަކުގައި ގެންދިއުމަށް ހަމަޖެހިފައިވާ ދަރިވަރުންނަށް ފަނީބޭސްދިނުމާއި ވިޓަމިން އޭ ދިނުމުގެ ޕްރޮގްރާމް ސްކޫލުގައި ހިންގުން.
  9. ދަރިވަރުންގެ ޞިއްޙީ ހޭލުންތެރިކަމަށްޓަކައި ސްކޫލާ ގުޅިގެން ތަފާތު ޕްރޮގްރާމްތައް ރާވައި ކުރިއަށް ގެންދިއުން.
  10. ޢާންމުކޮށް ހެލްތުރޫމުގައި ދަރިވަރުންނަށް ފުރަތަމަ އެހީދިނުމަށް ބޭނުންކުރާ ހުރިހާ ސާމާނެއް ހަމައަށް ގެނައުން.
  11.  ކޮންމެ ދުވަހަކު ސެޝަނެއްގައި މަދުވެގެން ދެފަހަރު ތިރީގައިވާ ކަންތައްތައް ކުރުން.
  • ފާޚާނާތަކުގެ ސާފުތާހިރުކަން ބެލުން.
  • ފާޚާނާގައި ހުންނަ ތަކެތި ރަނގަޅަށް މަސައްކަތްކުރޭތޯ ބެލުން. މިސާލު؛ ފްލަޝްޓޭންކް، އިސްކުރު
  • ފެންބޯ އިސްކުރާއި ކޫލަރުތެރޭގެ ސާފުތާހިރުކަން ބެލުން.
  • ކުލާސްރޫމްތަކާއި ކޮރިޑޯތައް ޗެކްކުރުން.
  1. ޞިއްޙީގޮތުން އެކިއެކި ދުވަސްތައް ފާހަގަކުރުމުގައި ޚިޔާލު ދެއްވައި އެހީތެރިވުން.
  2. އެސެޝަނެއްގެ ދަރިވަރުންގެ ސާފުތާހިރުކަން ބަލައި ޗެކްކޮށް ލީޑިންގ ޓީޗަރުންނަށް އެކަމާބެހޭ މަޢުލޫމާތުދިނުން.
  3. ޓާރމަކު އެއްފަހަރު ކުދިންގެ އިސްކޮޅާއި ބަރުދަން ބަލައި ރެކޯޑުތައް ބެލެހެއްޓުން.
  4. ކުދިންގެ މެދުގައި ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމަށް ޙަރަކާތްތައް ހިންގުން. ކުދިންނަށް މަޢުލޫމާތުދިނުން.
  5. މަރުކަޒުގެ ބޯފެން ކޮންމެ ތިންމަހުން އެއްމަހު ޓެސްޓްކޮށް އެފެނަކީ ދަރިވަރުންނާއި މުވައްޒަފުން ބޯން އެންމެ ރައްކާތެރި ފެންތޯ ޔަޤީން ކުރުން. މިކަމުގައި ފާހަގަކުރެވޭ ކަންތައްތައް މަރުކަޒުގެ އިސްވެރިއަކަށް ހުށަހަޅައިގެން ޙައްލުކުރުމަށް މަސައްކަތް ކުރުން.
  6. މަރުކަޒުގެ ގޯތިތެރޭގައި މަދިރި އުފެދޭ ތަންތަން ހުރިތޯބަލައި މިފަދަ ތަންތަން ނައްތާލެވޭނޭ އިންތިޒާމްތަކެއް އިސްވެރިއަކަށް ހުށަހަޅައިގެން ހަމަޖެއްސުން.
  7. ދަރިވަރުންގެ ޖިސްމާނީ ނަފްސާނީ ރައްކާތެރިކަން ހޯދައިދިނުމަށްޓަކައި މަރުކަޒުގެ މާހައުލަކީ ހުރިހާގޮތަކުންވެސް ރައްކާތެރިމާހައުލަކަށް ހެދުމަށް މަރުކަޒުގެ ވެރިންނާއި މަޝްވަރާކޯށްގެން މަސައްކަތްކުރުން.
  8. ތަފާތު ރޯގާތައް ފެތުރޭ ދުވަސްވަރު އެކަމަށްސަމާލުކަންދީ، ޓީޗަރުންނަށާއި، ދަރިވަރުންނަށް އަދި ބެލެނިވެރިންނަށް ޚާއްސަ ޕްރޮގްރާމްތައް (ލީފްލެޓް، ސިއްހީ މާހިރުން މެދުވެރިކޮށް) މަރުކަޒުގެ ވެރިންނާއި މަޝްވަރާކޮށްގެން ކަމާއިގުޅޭ ދާއިރާތަކާއި ގުޅައިގެން ރާވައި ހިންގުން.
  9. ކޮންމެ ދެ އަހަރަކުން އެއް އަހަރު ދަރިވަރުންގެ މެޑިކަލް އެގްޒެމިނޭޝަނެއް ޑޮކްޓަރުން މެދުވެރިކޮށް ހެދުމާއި ދަރިވަރުންގެ އިސްކޮޅާއި ބަރުދަން އަހަރަކު އެއްފަހަރު ބަލައި ހެދިބޮޑުވުމުގައި ފާހަގަ ކުރެވޭ މައްސަލަތައް ދެނެގަނެ އެކަންކަން ޓީޗަރުންނާއި އަދި ބެލެނިވެރިންގެ ސަމާލުކަމަށް ގެނައުން.
  10. މަރުކަޒުގެ ވެރިންނާއި މަޝްވަރާކޮށްގެން އެކިއެކި ޞިއްޙީ ދުވަސްތައް ފާހަގަކޮށް ދަރިވަރުންނާއި ބެލެނިވެރިންނަށް ޞިއްޙީ މަޢުލޫމާތު ދެވޭނެ އިންތިޒާމް ހަމަޖައްސައި އެކަން ކުރުން.
  11. މަރުކަޒުގެ ބޯފެން ކޮންމެ ތިންމަހުން އެއްމަހު ޓެސްޓްކޮށް އެފެނަކީ ދަރިވަރުންނާއި މުވައްޒަފުން ބޯން އެންމެ ރައްކާތެރި ފެންތޯ ޔަޤީން ކުރުން. މިކަމުގައި ފާހަގަކުރެވޭ ކަންތައްތައް މަރުކަޒުގެ އިސްވެރިއަކަށް ހުށަހަޅައިގެން ޙައްލުކުރުމަށް މަސައްކަތް ކުރުން.
  12. ފާޚާނާގެ ސާފުތާހިރުކަމާއި މަރުކަޒުގެ ތެރޭގައި ޢާއްމު ސާފުތާހިރުކަން ބަލައި ގެންނަންޖެހޭ ހެޔޮ ބަދަލުތައް އިސްވެރިއަކަށް ހުށަހަޅައިގެން ގެނެވޭނެ އިންތިޒާމްތަކެއް ރޭވުން.
  13. މަރުކަޒުގެ ގޯތިތެރޭގައި މަދިރި އުފެދޭ ތަންތަން ހުރިތޯބަލައި މިފަދަ ތަންތަން ނައްތާލެވޭނޭ އިންތިޒާމްތަކެއް އިސްވެރިއަކަށް ހުށަހަޅައިގެން ހަމަޖެއްސުން.
  14. ދަރިވަރުންގެ ޖިސްމާނީ ނަފްސާނީ ރައްކާތެރިކަން ހޯދައިދިނުމަށްޓަކައި މަރުކަޒުގެ މާހައުލަކީ ހުރިހާގޮތަކުންވެސް ރައްކާތެރިމާހައުލަކަށް ހެދުމަށް މަރުކަޒުގެ ވެރިންނާއި މަޝްވަރާކޯށްގެން މަސައްކަތްކުރުން.
  15. ތަފާތު ރޯގާތައް ފެތުރޭ ދުވަސްވަރު އެކަމަށްސަމާލުކަންދީ، ޓީޗަރުންނަށާއި، ދަރިވަރުންނަށް އަދި ބެލެނިވެރިންނަށް ޚާއްސަ ޕްރޮގްރާމްތައް (ލީފްލެޓް، ސިއްހީ މާހިރުން މެދުވެރިކޮށް) މަރުކަޒުގެ ވެރިންނާއި މަޝްވަރާކޮށްގެން ކަމާއިގުޅޭ ދާއިރާތަކާއި ގުޅައިގެން ރާވައި ހިންގުނ
  16. ސްކޫލް ބަންދުވުމުގެ ކުރިން އެއަހަރެއްގެ އަހަރީ ރިޕޯޓާއި މަރުކަޒުގެ ވެރިންނާއި މަޝްވަރާކޮށްގެން ދިރާސީ އަހަރު މަރުކަޒުގައި ހިންގަން ކަނޑައަޅާ ޞިއްޙީ ޕްރޮގްރާމްތަކުގެ ޕްލޭނެއް ކަނޑައަޅައި އެޕްރޮގްރާމްގެ ކޮޕީއެއް މަރުކަޒު މެދުވެރިކޮށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސްކޫލް ހެލްތް ޔުނިޓަށް ފޮނުވުން. (އަތޮޅު ތަކުގެ މަދަރުރާތަކުން އެއަތޮޅެއްގެ އަތޮޅު ހޮސްޕޮޓަލްއަށް ކޮޕީ ފޮނުވުން.)
  17. ސްކޫލުގެތެރޭގެ ސާފުތާހިރުކަމަށް ޚާއްޞަ ސަމާލުކަމެއްދިނުން

 

އެހެނިހެން:

  • އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާލިބޭނެއެވެ.

 

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލޭނެކަންތައްތައް:

  • ތަޢުލީމާއި ތަމްރީން
  • މަސައްކަތުގެ ތަޖުރިބާ
  • މަސައްކަތުގެ ހުނަރާއި ޤާބިލްކަން ލިބިފައިވުން

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯރމް، ) ވަޒީފާއަށް އެދޭފޯމު މިސްކޫލްގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓުން www.csc.gov.mvww ޑައުންލޯޑް ކުރެވޭނެއެވެ.(
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  4. ސިވިލް ސާވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުއައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސްޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޯކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސް ކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގް އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
  2. ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރެއިނިންގް އިންޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

)ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބާޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކްފޯމް. 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

  • ·         ވަޒީފާއަށް އެދޭ ފޯމް ޅ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އޮފީހުން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 10 އޭޕްރީލް 2019 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ސްކޫލް އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.އީ-މެއިލް އެޑްރަހަކީ: [email protected] އަށެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލްކުރެވޭނެއެވެ.

 

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

  • މިމަޤާމަށް މުވައްޒަފަކު ހޮވުމަށް ބޭއްވޭ އިންޓަވިއު 11 އޭޕްރީލް 2019 އާއި 17 އޭޕްރީލް 2019 އާއި ދެމެދު، ޅ.އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ. ވުމާއި އެކު މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓް ކުރުން:

  • ·          މިވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠުހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަށް ބަލައި، ވަޒިފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބޭ 10 ފަރާތް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

 

އިތުރު މަޢުލޫމާތު ހޯދުން:

  • މިއިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6620010 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.
03 އޭޕްރިލް 2019
ހޯދާ