ހިދާޔާ ސުކޫލް/ ނ. މިލަދޫ
ދިވެހިރާއްޖެ
ޕްރީސްކޫލުގައި ފާޚާނާއެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް.

  ހިދާޔާސްކޫލް،

    ނ.މިލަދޫ.                                                                                                                                                

ނަމްބަރު:GS116(IUL) /2019/011

އިޢުލާން

ޕްރީސްކޫލުގައި ފާޚާނާއެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް.

 

            މިސްކޫލުގެ ޕްރީސްކޫލް ކްލާސްރޫމްގައި ފާޚާނާއެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

           މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ،  އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައި ނުގަންނަވާ ފަރާތްތަކުން ހުށައަޅުއްވާ އަންދާސީ ހިސާބު ބަލައި ގަނެވެން ނެތްވާހަކަ ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި އެސްޓިމޭޓް ހުށައެޅުމަށް ބަދަލުގައި ބޭފުޅަކު ދުރުވާނަމަ، އެކަން އެނގޭނެ ލިޔުމެއް ގެނައުމަށްވެސް ދަންނަވަމެވެ. އަދި މިކަމަށްއެދި ކުރިމަތި ލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ޤާނޫނު ( ޤާނޫނު ނަމްބަރު 18/2014 ) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ  ވިޔަފާރި ޤާނޫނު ( ޤާނޫނު ނަމްބަރު 19/2014 ) ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

            އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސްކޫލްގެ ނަމްބަރު 6560572 ފޯނާއި ގުޅުއްވުން އެދެމެވެ.

 

 

މަޢުލޫމާތު ސާފުކުރުން

09 އޭޕްރީލް 2019 ( އަންގާރަ ) ދުވަހުގެ 13:30 ގައި

އެސްޓިމޭޓް ހުށައެޅުން

 18 އޭޕްރީލް 2019 ( ބުރާސްފަތި ) ދުވަހުގެ   13:30 ގައި

 

 

 

 

 

 

 

03 އޭޕްރިލް 2019
ހޯދާ