ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފިޠުރު ޒަކާތާއި މުދަލު ޒަކާތަށް އެދި ނަންނޯޓް ކުރުމުގެ ފުރުޞަތު ހުޅުވާލުން
1440 ވަނަ އަހަރުގެ ފިޠުރުޒަކާތާއި މުދަލު ޒަކާތް ބެހުމަށްޓަކައި ފަޤީރުންގެ ދަފުތަރު އެކުލަވާލަން ބޭނުންވެއްޖެއެވެ.
ވީމާ، ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށްއެދޭ ފަރާތްތަކުން 2019 އެޕްރީލް 28 ވާ އާދީއްތަ ދުވަހު 13:00 ގެ ކުރިން މިއިދާރާއަށް ފޯމް ހުށަހެޅުއްވުން އެދެމެވެ. ފޯމް ދޫކުރުމާއި ބަލައިގަތުން 2019 އެޕްރީލް 03 ވަނަ ދުވަހުގެ 09:00 ން ފެށިގެން ރަސްމީ ކޮންމެ ދުވަހެއްގެ 13:00 އަށް މިއިދާރާގައި އޮންނާނެއެވެ. އަދި އެކަމަށް އެދޭ ފޯމް މިއިދާރާގެ ވެބްސައިޓް: www.fncl.gov.mv ޑައުންލޯޑު ކުރެވޭނެއެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
27 ރަޖަބު 1440
03 އެޕްރީލް 2019
03 އޭޕްރިލް 2019
ހޯދާ