ދިވެހިރާއްޖެ
ނަންބަރު: (IUL)267/267/2019/11
އިޢުލާން
ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓަރީ ވުމާއި ގުޅޭ
1440 ވަނަ އަހަރު ފިތުރު ޒަކާތާއި މުދަލު ޒަކާތް ބެހުމަށްޓަކައި މުޅިރާއްޖޭގެ ފަޤީރުންގެ ދަފްތަރު އަލުން އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އިސްލާމިކް އެފެއާޒުގެ 142-C2/CIR/2019/10 (31 މާރޗް 2019 ) ސާކއުލަރއިން ވަނީ އަންގާފައެވެ.
ވީމާ، ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓަރީވުމަށް އެދޭ ފަރާތްތަކުން މިކައުންސިލަށް ދުރުވެ ފޯމް ނެންގެވުމަށްފަހު ފޯމު ފުރިހަމަކުރެއްވުމަށްފަހު މިކައުންސިލަށް ހުށަހެޅުމަށް ދަންނަވަމެވެ. ފޯމް ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ 3 އެޕްރީލް 2019 އިން 28 އެޕްރީލް 2019 ވަނަދަހުގެ ނިޔަލަށެވެ. ފޯމް ދޫކުރުމާއި ބަލައިގަތުން އޮންނާނީ ރަސްމީ ކޮންމެ ދުވަހެއްގެ 9:00 އިން 13:00 އަށެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ
27 ރަޖަބު 1440
03 އެޕްރީލް 2019