ދިވެހިރާއްޖެ
ނަންބަރ: MMS-A/2019/08
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ.
މި ސަރވިސްގެ ހުޅުލޭގައި ދުއްވާ ދެ ވެހިކަލް ސަރވިސްކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެގެން ކުރެވުނު ދެވަނަ ނަންބަރ MMS-A/2019/04 އިޢުލާންއާއި ގުޅިގެން ހުށައަޅުއްވާފައިވާ އެސްޓިމޭޓުތައް އަގު ބޮޑުކަމަށް ފާހަގަ ކުރެވިފައިވާތީވެ، އެ އެސްޓިމޭޓު ތައް ބާތިލްކޮށް އަލުން އެސްޓިމޭޓު ހުށައެޅުމަށް ދަޢުވަތު އަރުވަމެވެ. އެސްޓިމޭޓު ހުށައަޅުއްވާއިރު ކޮންމެ ވެހިކަލަކަށް ވަކިން އެސްޓިމޭޓު ހުށައެޅުއްވުން އެދެމެވެ.
މި ސަރވިސްގެ ދެ ވެހިކަލް ސަރވިސްކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ. ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2019 އެޕްރީލް 09 ވާ އަންގާރަ ދުވަހުގެ11:00 އަށް ހުޅުލޭ (ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް) ގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. ވެހިކަލް ބަލަައިލަން ބޭނުންވާ ފަރާތްތަކުން 2019 އެޕްރީލް 03 ވަނަ ދުވަހުން 08 ވަނަ ދުވަހާ ހަމައަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8 ން ހަވީރު 4 އާ ދެމެދު 3323084 އާއި ގުޅުއްވާފައި މިއޮފީހަށް ވަޑައިގެންދެއްވުން އެދެމެވެ.
މަސައްކަތުގެ ތަފްޝީލް |
|
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އިތުރު މައުލޫމާތު ހޯއްދެވުމަށް މި އިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.
26 ރަޖަބު 1440