ދިވެހިރާއްޖެ
އިޢުލާން
ފ. އަތޮޅު ޤުރުއާން މުބާރާތަކީ ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދިއުމަށް އަތޮޅު ކައުންސިލުން ވަރަށްބޮޑު އިސްކަމެއްދެއްވައިގެން އެކި އަހަރު އަތޮޅުގެ އެކި ރަށުގައި ބާއްވަމުން އަންނަ މުބާރާތެކެވެ. މިއީ، ފ. އަތޮޅުގެ ސްކޫލުތަކަށާއި، ޤުރުއާން ކުލާސްތަކަށާއި ކުލަބު ޖަމިއްޔާތަކަށް އަމާޒުކޮށްގެން އަތޮޅު ފެންވަރުގައި ކުރިއަށް ގެންދާ ހަމައެކަނި ޤުރުއާން މުބާރާތެވެ. މިއަހަރު މިމުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2019 އޭޕްރީލް 18-20 އަށެވެ.
އެހެން އަހަރުތަކެކޭވެސް އެއްގޮތަށް ފ. އަތޮޅު ޤުރުއާން މުބާރާތް 2019 ގައި ގިނަ ޓީމުތަކެއް ބައިވެރިވެ، މުޅި މުބާރާތައް ގާތްގަނޑަކަށް 100,000 ރުފިޔާ ޚަރަދުވާނެކަމަށް ލަފާކުރެވެއެވެ. މިމުބާރާތް ކުރިއަށް ގެންދިއުމުގައި ހެޔޮ އެދޭ ފަރާތްތަކުގެ ދީލަތި އެހީ ލިބެމުންގޮސްފައިވެއެވެ.
ވީމާ، މިއަހަރުވެސް ސްޕޮންސައެއް، ދީލަތި އެހީއެއްނުވަތަ އިނާމެއް ދެއްވަން ބޭނުންފުޅުވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ. އެހީއެއް ނުވަތަ އިނާމެއް ދެއްވަން ބޭނުންފުޅުވާފަރާތްތަކުން މިއިދާރާއަށް ނުވަތަ މިއިދާރާގެ ބޭންކު އެކައުންޓަށް ފައިސާ ޖަމާކޮށްދެއްވައި، ފައިސާ ޖަމާކުރެއްވި ސްލިޕްކޮޅު [email protected] އަށް އީމެއިލް ކޮއްދެއްވުން އެދެމެވެ. އިތުރު މައުލޫމާތެއް ބޭނުންފުޅުވާނަމަ މިއިދާރާގެ ނަންބަރު 6740017 ފޯނަށް ގުޅުއްވުން އެދެމެވެ.
- މިއިދާރާގެއެކައުންޓު ނަންބަރު: 7730-0000-34215
- މިއިދާރާގެ އެކައުންޓުގެ ނަން: Secretariat of North Nilandhe Atoll Council
21 ރަޖަބު 1440
28 މާރިޗު 2019