އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ގަވާއިދާ ޚިލާފަށް މަގުމައްޗާއި ދުވާރުމައްޗަށް ކުނި އެޅުމާ ބެހޭ

                                       ނަންބަރު: (IUL)203-WMPP/203/2019/1 

 

ޢިޢުލާން

 

          އެހެން އަަހަރުތަކެކޭ އެއްފަދައިން މި އަހަރުގެ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ގޭތެރެ އާއި އާންމުކޮށް މީހުން ބޭނުންކުރާ ތަންތަނުން ސާފުކުރުމުގެ ތެރޭގައި ގިނަ އަދަދަކަށް ކުނި އުފެދިގެންދާނެކަމަށް ލަފާކުރެވެއެވެ. އަދި މިގޮތަށް އުފައްދާ ކުނި މަގުމައްޗާއި ދުވާރުމައްޗަށް ނެރެ ބަހައްޓަމުންގެންދާކަން މި އެޖެންސީއަށް ވަނީ ފާހަގަކުރެވިފައެވެ. މިކަމަކީ މާލޭގެ މަގުތައް ނުސާފުވެ މަގުތައް ބޭނުންކުރާ ފަރާތްތަކަށް ނުހަނު ބޮޑެތި ދަތިތައްދިމާވެ އަދި ސިއްޙީގޮތުން ބޮޑެތި މައްސަލަތަކެއް ކުރިމަތިވެދާނެ ކަމެއްކަމުގައިވާތީވެ، މަގުމައްޗަށް ކުނިބުނި ނޭޅުމަށް ދަންނަވަމެވެ. އެހެންކަމުން ގޭތެރެ ސާފުކުރުމުގެ ކަންކަން ކުރިއަށް ގެންދިޔުމުގައި ކުރީބައިގައި ކުނި އުކާލެވޭނެ އިންތިޒާމު ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނާއި ގުޅުއްވައިގެން ހަމަޖެއްސެވުމަށް ދަންނަވަމެވެ.

 

         އެނގިވަޑައިގަންނަވާނެފަދައިން މަގުތަކަކީ ކުނިމެނޭޖްކުރުމުގެ ގަވާއިދު  2013/R-58 ގެ 11 ވަނަ މާއްދާގެ (ށ) ގައި ކުނިއެޅުން މަނާކަމަށް ކަޑައެޅިގެން ބަޔާންކޮށްފައިވާ ތަންތަނުގެ ތެރޭގައި ހިމެނޭ ތަނަކަށްވާތީވެ، މި ފަދަ ތަންތަނަށް އެއްވެސް ބާވަތެއްގެ ކުންޏެއް އެޅުމަކީ ކުށެކެވެ. އެހެންކަމުން މިގަވާއިދާ ޚިލާފަށް މަގުމައްޗާއި ދުވާރުމައްޗަށް ކުނި ނެރެފައި ބަހައްޓާ ފަރާތްތަކާއިމެދު ފިޔަވަޅު އަޅަމުން ގެންދާނެ ވާހަކަ ދަންނަވަމެވެ.

 

02 އެޕްރީލް 2019

02 އޭޕްރިލް 2019
ހޯދާ